Thu, 8 December, 2022, 11:40 am

ދަރަނިން ސަލާމަތް ވުމަށް ސްރީލަންކަން އެއާލައިން ވިއްކާލަނީ

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް އެގައުމުގެ ގައުމީ އެއާލައިން ވިއްކާލަން ނިންމާފައިވާކަމަށް ސްރީލަންކާގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.

ގައުމާ މުޚާތަބުކުރައްވައި ދެއްވި ޚިތާބެއްގައި ރަނިލް ވިދާޅުވީ ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތަކަކީ ހައްލުކުރަން އުދަގޫ ބޮޑު މައްސަލަތަކެއް ކަމަށާއި އެހެންނަމަވެސް އެކަން ހައްލުކުރުމަށް ކުރެވެން ހުރި ކަންތަށްތަކަކީ ކޮބައިތޯ ބަލައި ދިރާކުރަމުންދާކަމަށެވެ. އަދި މައްސަލައަށް ހައްލެއް ލިބެންދެން ރައްޔިތުން ކެތްތެރިވެ ތިބުމަށްވެސް ބޮޑުވަޒީރު ރަނިލް ވަނީ ލަންކާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރަނިލް ވިދާޅުވީ ސްރީލަންކާގައި މިހވަގުތު ރައްޔިތުންނަށް ބޭނުންވާ އެންމެ ޒަރޫރީ ބޭނުންތަށް ފުއްދުމަށް ކޮންމެހެން ބޭނުންވާ ތެލާއި ގޭސް ގަތުމަށް ބޭނުންވާ ވަރަށް ފައިސާވެސް ރިޒާވްގައި ނެތްކަމަށެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަ ހައްލުކުރުމަށް ރަނިލް އެކުލަވާލައްވާ ޕްލޭންގައި އެންމެ އިސްކަމެއް ދީފައިވަނީ އެގައުމުގެ ބައެއް ކުންފުނިތައް ވިއްކާލުމާއި އެކު ގިނައަދަދެއްގެ ފައިސާ ޗާޕްކުރުމަށެވެ. އެގޮތުންސްރީލަންކާގެ ގައުމީ އެއާލައިން ވިއްކާލަން ނިންމާފައިވާކަމަށްވެސް ރަނިލް ވިދާޅުވިއެވެ. މީގެ އިތުރުން އައިއެމްއެފްއިން ބޮޑު ލޯނެއް ނެގުމަކީވެސް މިވަގުތު ކޮންމެހެން ކުރަން ނިންމާފައިވާ ކަމެއްކަމަށްވެސް އާ ބޮޑުވަޒީރު ރަނިލް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.