Thu, 28 March, 2024, 6:18 pm
ޑޯޓްމަންޑުގެ ތަރި އާލިން ހާލަންޑް ---

ހާލަންޑުގެ ވަދާއީ ހަދިޔާ: ޑޯޓުމަންޑްގެ ކޮންމެ ކުޅުންތެރިއަކަށް 250،000ރ. ގެ ގަޑިއެއް

ބްރޫޝިއާ ޑޯޓުމަންޑްގެ ހުރިހާ ކުޅުންތެރިންނާއި ސްޓާފުންނަށް އެ ޓީމުގެ ތަރި, އާލިން ހާލަންޑުގެ ފަރާތުން ވަދާއީ ހަދިޔާގެ ގޮތުގައި އަގުބޮޑު ރޮލެކްސް ގަޑިއެއް ދީފި އެވެ.

މިވަގުތު ޔޫރަޕްގައި ހުރި އެންމެ ވަރުގަދަ ފޯވަޑް ހާލަންޑް މެންޗެސްޓާ ސިޓީއަށް ގެންދަން ދެކެވޭ ވާހަކަތައް ނިމުމަކާ ގާތްވެ, ގިނަ ކަންތައްތަކަކަށް އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ހާލަންޑް ސިޓީއަށް ދާނީ ބޯނަސްގެ އަދަދުތަކާއި ސްޕޮންސާޝިޕް އެންޑޯސްމަންޓުތައް ނުލައި, ހަފުތާއަކަށް ފަސް ލައްކަ ޕައުންޑް ޖެހޭނެ ބޮޑު މުސާރައެއްގައި ކަމަށްވެސް ރިޕޯޓް ކޮށްފައިވެ އެވެ.

ޑޯޓްމަންޑުގައި ދެ އަހަރާއި ބައި ހޭދަކުރުމަށްފަހު ހާލަންޑް ސިޓީއަށް ބަދަލުވާ އިރު, އޭނާ ވަނީ މިދިޔަ ހަފުތާގައި އެ ޓީމަށް އެންމެ ފަހު މެޗު ކުޅެދީފަ އެވެ.

ޖަރުމަނުގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން, ހާލަންޑް ވަނީ ޝުކުރު އަދާކުރުމުގެ ގޮތުން ޓީމުގެ 33 ކުޅުންތެރިންނާއި 20 ސްޓާފުންނަށް ލަގްޒަރީ ގަޑި ހަދިޔާކޮށްފަ އެވެ.

އެގޮތުން ކޮންމެ ކުޅުންތެރިއަކަށާއި ކޯޗަކަށް 13,000 ޕައުންޑް (ގާތްގަނޑަކަށް 250,000ރ.)ގެ ލަގްޒަރީ ރޮލެކްސް ގަޑިއެއް ހަދިޔާކޮށްފައިވާ އިރު, ފިޒިއޮތެރަޕިސްޓާއި ކައްކާއިންނާއި ކައުންސިލަރުން ހިމެނޭ ގޮތަށް ޓީމުގައި ހިމެނޭ އެހެނިހެން މުވައްޒަފުންނަށް 8,000 ޕައުންޑް (ގާތްގަނޑަކަށް 10,000ރ.) ގެ އޮމެގާ ގަޑިއެއް ދީފައިވާ ކަމަށްވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.