Thu, 8 December, 2022, 11:46 am

ނުސްރަތް ބަރޫޗާ، 6،000 މީހުންނާއެކު ނަށައިގެން ދުނިޔޭގެ ރެކޯޑެއް ހަދައިފި

ބޮލީވުޑް އެކްޓްރެސް ނުސްރަތް ބަރޫޗާ ދުނިޔޭގެ ރެކޯޑެއް ހަދައިފި އެވެ.

އޭނާ މި ދުވަސްވަރު ކުރަމުން ދަނީ އޭނާގެ ފިލްމު “ޖަންހިތް”ގެ ޕްރޮމޯޝަންގެ މަސައްކަތްތަކެވެ. އަދި އެ ފިލްމު ޕްރޮމޯޓުކުރުމަށް ޖެއިޕޫރުގައި ބޭއްވި އިވެންޓެއްގައި އޭނާ ވަނީ 6،000 އަންހެނުންނާއެކު ނަށައިފަ އެވެ. މިއާއެކު އޭނާ ވަނީ ދުނިޔޭގެ ރެކޯޑެއް ހަދައިފަ އެވެ.

އޭނާ ހަދާފައިވަނީ އެންމެ ގިނަ މީހުން ބޭނުންކޮށްގެން ސަގާފީ ނެށުމެއް ނެށުމުގެ ރެކޯޑެވެ. އެ ނެށުމުގެ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އިރު، ގިނަ ބަޔަކު ދަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ.

ޖަންހިތްގައި އޭނާ ފެނިގެންދާނީ ތަފާތި ވިޔަފާރިއެއްކުރާ، މަދްޔަ ޕްރަދޭޝްގެ އަންހެން ކުއްޖެއްގެ ރޯލުންނެވެ. އެ ފިލްމަކީ މުޖުތަމައުގެ ތެރޭގައި ހުރި ބައެއް ނޭދެވޭ ކަންތައްތަކަށް އަލިއަޅުވާލައި ހަދައި ފިލްމެކެވެ. އަންނަ މަހުގެ 10ގައި އެ ފިލްމު ނެރުމަށް ވަނީ ތައްޔާރުވެފަ އެވެ.

ނުސްރަތްއަކީ ބޮލީވުޑްގައި މިހާރު އަރަމުން އަންނަ ތަރީންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ތަރި އެވެ. އަދި މިހާރު ތަފާތު ރޯލުތަކެއް ދައްކައިދީ، ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އިރު، އޭނާ ބުނީ އޭނާ ކުރިއަރަން ބޭނުންވާ ހިސާބަށް އަދި ނުދެވޭ ކަމަށެވެ.

ޖަންހިތްއަށްފަހު އޭނާ އަކްޝޭ ކުމާރާއެކު ދެ ފިލްމަކުން ފެނިގެން ދާނެ އެވެ. އެއީ “ރާމް ސޭތޫ”އާއި “ސެލްފީ”އިންނެވެ. ރާމް ސޭތޫގެ ޝޫޓިން މިހާރު ނިންމާލާފައިވާއިރު އޭނަ އަދިވެސް ދަނީ ސެލްފީގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމުގައި އޭނާއާއެކު އިމްރާން ހާޝްމީވެސް ފެނިގެންދާނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.