Thu, 8 December, 2022, 11:47 am

އޮޕަރޭޝަނެއް ކުރަން މަޖުބޫރުވެގެން ނަކުލް ޝޫޓިންތައް ހުއްޓާލައިފި

“ބަޑޭ އައްޗޭ ލަގްތޭހޭ 2″ގެ ތަރި ނަކުލް މެހެތާ، އޮޕަރޭޝަނެއް ކުރަން ޝޫޓިންތައް ހުއްޓާލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުން އޭނާ ބްރޭކެއް ނެގީ ސިއްހީ ހާލަތު ގޯސްވެގެން ޑޮކްޓަރަށް ދެއްކުމުން އެޑްމިޓް ކުރުމުންނެވެ. އަދި އެއަށްފަހު އޭނާ އެޕެންޑެކްޓޮމީ އޮޕަރޭޝަނެއް ކުރަން ޖެހުމުން ބްރޭކެއް ނަގަން މަޖުބޫރުވި އެވެ.

އޭނާގެ ޑްރާމާއާ ގާތް ގުޅުމެއް އޮންނަ މީހަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން އޭނާ އަލުން ޝޫޓިން ފަށާނެ ދުވަހެއް އަދި ނޭނގެ އެވެ.

ބަޑޭ އައްޗޭ ލަގްތޭހޭގައި ނަކުލް ފެނިގެންދަނީ ދިޝާ ޕަރްމާއާއެކުގަ އެވެ. އެ ދެތަރިން އެކުގައި މީގެ ކުރިންވެސް ސީރީޒްއެއް ކުޅެފައިވާ އިރު، ދެތަރިންގެ ޖޯޑު ގިނަ ބަޔަކަށް ކަމުދެ އެވެ. ނަކުލް ޝޫޓިންތަކުން ބްރޭކެއް ނެގުމުން ދިޝާގެ މަސައްކަތްތައް އިތުރަށް ބުރަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެ ޑްރާމާގެ އިތުރުން ދާދިފަހުން ނަކުލް އެބް ސީރީޒްއެއްވެސް ކުޅެފައިވެ އެވެ. އެ ސީރީޒްގައި އޭނާ އަދާކޮށްފައިވާ ރޯލަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ އިރު، އެ ސީރީޒްގެ ޝޫޓިން އޭނާ ނިންމީ ބަޑޭ އައްޗޭ ލަގްތޭހޭގެ ޝޫޓިންއިން ބްރޭކެއް ނުނަގަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.