Thu, 8 December, 2022, 3:26 pm

ސްޓެފެނީ “އެންކާންޓޯ” އަށް އަޑުއެޅީ ވިހަން ބަނޑުގައި ރިއްސަމުން ދަނިކޮށް

ޑިޒްނީގެ އެނިމޭޓެޑް ފިލްމު “އެންކާންޓޯ”އަކީ މި ފަހުން ނެރުނު އެންމެ ކާމިޔާބު އެއް ފިލްމެވެ. އެ ފިލްމުގެ މެއިން ކެރެކްޓާ “މިރަބްލެ” އަށް އަޑު އަޅާފައިވަނީ މަގުބޫލު އެކްޓްރެސް ސްޓެފެނީ ބިއެޓްރިޒް އެވެ. ޑިޒްނީގެ އާ ޕޮޑްކާސްޓުގައި ވާހަކަދައްކަމުން ސްޓެފެނީ ވަނީ އެ ފިލްމަށް އަޑު އެޅި އިރު، ދިމާވި ބައެއް ކަންކަން ކިޔައިދީފަ އެވެ.

އޭނާ އެ ފިލްމަށް އަޑު އެޅީ އޭނާގެ ދަރިފުޅު ރޯޒަލިންއަށް ބަލިވެ އިންދަ އެވެ. އޭނާ ބުނީ އެ ފިލްމަށް އަޑު އަޅަން ދިޔަ ދުވަހެއްގައި އޭނާ ވިހަން ބަނޑުގައި ރިއްސަން ފެށި ކަމަށެވެ. އަދި އޭރު ރެކޯޑު ކުރަމުން ދިޔައީ “ވެއިޓިން ފޯ އަ މިރެކަލް” ލަވަ ކަމަށާއި އެ ލަވަ ރެކޯޑުކުރުން ނިންމާލަން އޭނާ ބޭނުމެއް ނުވި ކަމަށެވެ.

ސްޓެފެނީ ބުނީ އެހެންވެ އޭނާ ރެކޯޑިން ކުރިއަށް ގެންދިޔައީ އޭނާ ބަނޑުގައި ރިއްސާކަން އެއްވެސް މީހެއް ކައިރީގައި ނުބުނެ ކަމަށެވެ. އަދި އޭނާއަށް އޭނާގެ ލިމިޓް އެނގޭ ކަމަށާއި އެކަން ކުރެވޭނެކަން އެނގޭތީ މީހެއް ކައިރީގައި ނުބުނެ ރެކޯޑިން ކުރިއަށް ގެންދަން ނިންމީ ކަމަށް ބުންޏެވެ.

އެހެންވެ ސްޓެފެނީ ހޮސްޕިޓަލަށް ދިޔައީ ރެކޯޑިން ނިންމުމަށް ފަހުގަ އެވެ. ސްޓެފެނީ ބުނީ މާބޮޑަށް ރިއްސައިގަންނަހެން ހީވާ ވަގުތު އެ ލަވަ ކުރިއަށް ގެންދާނެ ގޮތަށް ވިސްނާލަން ކުޑަ ވަގުތުކޮޅެއް ނެގި ކަމަށެވެ.

ސްޓެފެނީއަކީ “ބްރޫކްލީން 99” އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯޑާފައިވާ ތަރިއެކެވެ. އަދި އެންކާންޓޯގައި އޭނާ ކޮށްފައިވާ މަސައްކަތަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ގިނަ ބަޔަކަށް އެއީ ސްޓެފެނީކަން ގަބޫލުކުރަންވެސް ދަތިވި އެވެ. އަދި ސްޓެފެނީގެ ލަވަކިޔުންވެސް ގިނަ ބަޔަކަށް ކަމުގޮސްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.