Thu, 8 December, 2022, 1:40 pm

އަރާމު ނިންޖެއް ނިދަން ބޭނުންނަމަ ކޮޓަރި ބަހައްޓަންވީ މިހެން

ނިންޖަކީ ކޮންމެ މީހަކަށްވެސް އެމީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މުހިންމު އެއްޗެކެވެ. އަދި ސިކުނޑި ތާޒާ ކޮށްލުމަށާއި ޖެހިގެން އަންނަ ދުވަހު މޫޑު ރަނގަޅުކުރުމަށްްވެސް ނިންޖަކީ މުހިންމު އެއްޗެކެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން، ނިދާ ތަނެއްގެ ގޮތުންވެސް ނިދުމަށް އަސަރުކޮށްފާނެއެވެ. އެގޮތުން ފާރުގެ ކުލައާއި އެނދު ކައިރީގައި ހުންނަ ފަރުނީޗަރު އަދި އޭގެ މަތީގައި ހުންނަ އެއްޗެހިވެސް ބައެއް ފަހަރު ނިންޖަށް އުނދަގޫ ކުރެއެވެ. އަަދި އަރާމު ނިންޖެއް ހޯދުމަށް އެ ކަންކަން ރަނގަޅުކޮށްލަން ޖެހެއެވެ.

ތަޖުރިބާކާރުން ބުނާގޮތުން ނިދާ ކޮޓަރި ރީތިކުރަން ވާނީ އެ މީހާގެ ނިންޖަށް އެންމެ އަރާމުވާ ގޮތަށެވެ. އެގޮތުން ކޮޓަރީގެ ފިނި ހޫނުމިން ބަހައްޓަންވާނީ ނިދާފައި އޮންނަ އިރު ހޫނު އަރައި ދާ ނުހިއްލާ ވަރަށް، އަދި މާ ބޮޑަށް ފިނިނުވާ މިނެއްގައެވެ. އެމީހުން ދެކޭގޮތުގައި އެންމެ އެކަށީގެންވާ ފިނިހޫނު މިނަކީ 18 ޑިގްރީ ސެލްސިއަސްއެވެ. ނަމަވެސް އެ މީހަކަށް އެންމެ ކަމުދާ މިންވަރަކަށް ފިނިހޫނުމިން ބަދަލުކުރުމަށް ލަފާދެއެވެ.

ނިދާ ގަޑީގައި ފޯނު އަދި ލެޕްޓޮޕް ކައިރީގައި ބެހެއްޓުމަކީ ބައެއް މީހުންގެ އާދައެވެ. ހާއްސަކޮށް ފޯނަކީ ގިނަ މިހުން ނިދެންދެންވެސް ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް ނިދާ ގަޑީގައި ފޯނު އަދި ލެޕްޓޮޕް އެނދުމައްޗަށް ނުގެންދިއުމަށް ތަޖުރިބާކާރުން ލަފާދެއެވެ. ސަބަބަކީ އެ ތަކެތީގައި ހުންނަ ބްލޫ ލައިޓްގެ ސަބަބުން ނިންޖަށް އަސަރުކުރާތީއެވެ. ހަމައެގޮތަށް، ކުޑަދޮތުތަކުން ލިބޭ އަލި ބްލޮކް ކުރަން ބްލެކްއައުޓް ފަރުދާ ބޭނުންކުރުމަށް ލަފާދޭއިރު، ކޮޓަރީގައި ބަހައްޓަން ވާނީ ވަރަށް ފަނޑު އައްޔެއް ކަމަށް އެމީހުން ބުނެއެވެ.

ކޮޓަރިތެރެ ސާފު ނުކޮށް އިތުމުންވެސް ނިދުމަށް އަސަރުކުރާ ކަމަށް ތަޖުރިބާކާރުން ދެކެއެވެ. އެގޮތުން، ނިދާ ގަޑީގައި އެ ތަންނަން ނުފެނުނަސް، ނިންޖަށް އަސަރުކުރާ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ތަން ސާފުކޮށްފައި ނިދަން އޮށޯތުން ކަމަށް ބުނެއެވެ.

އޭގެ އިތުރުން އެނދުގައި އަޅާ ބެޑްޝީޓާއި ގެންގުޅޭ ބާލީސްވެސް ބަހައްޓަންވާނީ އެމީހަކަށް އެންމެ ފަސޭހަ ގޮތަކަށެވެ. އެގޮތުން ތަންކޮޅެއް ހޫނު ކޮޓަރިއެއްގައި ނިދާ މީހެއް ނަމަ ކޮޓަން، ސިލްކް ނުވަތަ ބެމްބޫ ފަދަ އެއްޗަކުން ހަދާފައި ހުންނަ ބެޑްޝީޓް ބޭނުން ކުރަން ލަފާދެއެވެ. އަދި ކޮޓަރިއަށް އެފަދަ ތަކެތި ގަތުމުގެ ކުރިން، ފިހާރައަށް ގޮސް އެމީހަކަށް އެންމެ އަރާމު މެޓީރިއަލް ހޯދުމަށް ލަފާދެއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.