Mon, 28 November, 2022, 8:45 am

ކެންސަރަށް އުފެއްދި ބޭހެއްގެ ޓެސްޓުތައް 100 ޕަސަންޓު ކާމިޔާބު!

ކެންސަރަށް ހެދި ބޭހެއްގެ ޓެސްޓު 100 ޕަސަންޓު ކާމިޔާބުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެ ޓެސްޓުތައް ހެދި އެމެރިކާގެ މެންހެޓެންގައި ހުންނަ މެމޯރިއަލް ސްލޯން ކެޓެރިން ކެންސާ ސެންޓަރުން ބުނީ އެ ޓެސްޓު ހަދާފައިވަނީ ރެކްޓަލް ކެންސަރު ޖެހިފައިވާ 12 މީހުން އެ ދިރާސާގައި ބައިވެރިކޮށްގެން ކަމަށެވެ. އަދި އެ މީހުންގެ ހަށިގަނޑުން ކެންސަރު ނައްތާލުމަށް އެ ބޭސް 100 ޕަސަންޓު ކާމިޔާބު ކަމަށް ޓެސްޓުތަކުން ދައްކާފައިވާ ކަމަށް ބުންޏެވެ.

މިިއީ ކެންސަރަށް ހެދި ބޭހެއް 100 ޕަސެންޓް ކާމިޔާބުވި ފުރަތަމަ ފަހަރެވެ.

ޑޮސްޓާލިމަބް ކިޔާ އެ ބޭސް ޓެސްޓުކޮށްފައިވަނީ ކީމޯ ތެރަޕީއާއި ސާޖަރީ ބޭނުންނުކޮށެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ޕޭޝަންޓުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ ތިން ހަފްތާއަކު އެއް ފަހަރު އެ ބޭސް ދީފައިވާއިރު އެ ބޭސް ހަދާފައިވަނީ ހަށިގަނޑުގައި ހުންނަ ކެންސަރު ސެލްތައް ހޯދައި، ނައްތާލުމަށެވެ.

ދިރާސާގައި ބައިވެރިކުރި ޕޭޝަންޓުން އެ ބޭސް ދިނުމަށްފަހު 25 މަސް ދުވަސް ވަންދެން މޮނިޓާކޮށްފައިވާ ކަމަށް އެ ދިރާސާ ހެދި ކެންސަރު ސެންޓަރުން ބުންޏެވެ. އަދި އެ މުއްދަތު ހަމަވެގެން ދިޔައިރުވެސް އެ ޕޭޝަންޓުންގެ ފަރާތުން އަލުން ކެންސަރުގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށާއި ޓްރީޓްމެންޓް ނިމުމަށް ފަހު އާންމުކޮށްވާ އުނދަގޫތައްވެސް ކުރިމަތިނުވާ ކަމަށް ބުންޏެވެ.

މި އާ ބޭހަށް ދުނިޔޭގެ ސިއްޔަތު ޖަމިއްޔާގެ ހުއްދަ ލިބުނަސް، އެ ބޭސް ވެގެންދާނީ އަގުބޮޑު ފަރުވާއަކަށެވެ. އެގޮތުން އެ ބޭހުގެ އެންމެ ޑޯޒެއްގެ އަގަކީ 11،000 ޑޮލަރެވެ. އެއީ 169،620 ދިވެހި ރުފިޔާ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.