Tue, 4 October, 2022, 11:28 am

އިސްތަށިގަނޑު ތުނިވާ ނަމަ މި ކަންކަމުން ދުރުވޭ

ބޮލުން އިސްތަށި ފައިބާ، އިސްތަށިގަނޑު ތުނިވުމަކީ ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. އަދި އެކަން ހައްލުކުރާނެ ގޮތެއް އޮންނަނީ ނޭނގިފަ އެވެ. މި ލިޔުމުގައި ބަލައިލާނީ އިސްތަށިގަނޑު ތުނިވުމުން ސަލާމަތްވެ، އަލުން ރީތިކުރާނެ ގޮތްތަކަށެވެ.

އިސްތަށިގަނޑު ތުނިވާން ދިމާވާ ގިނަ ކަންތައްތަކެއް ހުރެ އެވެ. އެގޮތުން އެ މީހާ އިސްތަށިގަނޑު އައްސާ ގޮތަކުންވެސް އިސްތަށިގަނޑު ތުނިވުމަށް ދިމާވެދާނެ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުން މާ ބާރަށް އިސްތަށިގަނޑު އެއްސުމުން އިސްތަށި ފައިބަން ދިމާވެ އެވެ. އަދި ހެއާ ފޮލިކަލްސްއާ އިސްތަށި ވަކިވެ، ބޮލުގެ އެކި ހިސާބުތަކުހައި އިސްތަށިގަނޑު ތުނިވާން މެދުވެރިވެ އެވެ.

އިސްތަށިގަނޑަށް ބޭނުންވާ މިންވަރަށް ދަގަނޑުގެބައި، ފޮލިކް އެސިޑް އަދި އެ ނޫންވެސް މިނެރަލްތައް ނުލިބުމަކީވެސް އިސްތަށިގަނޑު ތުނިވުމަށް ދިމާވެދާނެ ސަބަބެކެވެ. އެފަދަ ނިއުޓްރިއެންޓްތަކަކީ އިސްތަށި އުފެއްދުމަށް އެހީވާ ނިއުޓްރިއެންޓްތެކެވެ. އެހެންކަމުން އެ ނިއުޓްރިއެންޓުތައް ނުލިބޭ ނަމަ އިސްތަށިގަނޑު އުފެއްދުމަށް ހުރަސްއެޅި، އިސްތަށިގަނޑު ތުނިވެ އެވެ.

ބޭނުންވާ ވަރަށް ވުރެ ގިނައިން އިސްތަށިގަނޑަށް ހެއާ ޓްރީޓްމެންޓް ދިނުމުންވެސް އިސްތަށިގަނޑު ތުނިވާން މެދުވެރިވެދާނެ އެވެ. އެގޮތުން އިސްތަށިގަނޑުގައި ކުލަ ޖެއްސުމާއި ރިލެކްސް ކުރުންވެސް ހިމެނެ އެވެ. އަދި އިސްތަޑިގަނޑަށް ނުރައްކާތެރި ހެއާ ސްޕްރޭ ބޭނުން ކުރުމަކީވެސް އިސްތަށިގަނޑު ތުނިވާ ސަބަބަކަށް ވެދާނެ އެވެ.

އިސްތަށިގަނޑު ތުނިވުމުން ސަލާމަތްވުމަަށް އެ ކަންކަމުން ދުރުވުން މުހިންމެވެ. އަދި ގިނަ ތަޖުރިބާކާރުން ބުނާ ގޮތުގައި ބޯ މަސާޖުކުރުމަކީ އިސްތަށިގަނޑަށް އެހީވުމަށް ކުރެވިދާނެ ކަމެކެވެ. އެގޮތުން އިސްތަށިގަނޑު ދޮންނައިރު މަޑުމަޑުން ބޯ މަސާޖުކޮށްލުމުން ބްލަޑް ފްލޯ އިތުރުކޮށްދެ އެވެ. އޭގެ ސަބަބުން އިސްތަށުގަނޑު އުފެދި ދިގުވުމަށް އެހީވެދޭ ކަމަށް ބުންޏެވެ.

އިސްތަށިގަނޑު ތުނިވާ މީހުންނަށް ހާއްސަ ޝޭމްޕޫއެއް ބޭނުން ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. އެފަދަ ޝޭމްޕޫތަކަކަކީ އެމީހުންގެ އިސްތަށިގަނޑަށް ހާއްސަ ވިޓަމިނާއި ނިއުޓްރިއެންޓްވެސް ހިމަނާފައިވާ ޝޭމްޕޫއެކެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން މަލްޓިވިޓަމުން ބޭނުންކުރުމުންވެސް އިސްތަށިގަނޑު ތުނިވުމުން ސަލާމާތްކުރެވިދާނެ އެވެ. އެގޮތުން މަލްޓިވިޓަމިން ކާއިރު ބަލަންވީ އިސްތަށިގަނޑަށް ބޭނުންވާ ދަގަނޑުގެ ބާވަތާއި ފޮލިކް އެސިޑް އަދި ޒިންކް ފަދަ ނިއުޓްރިއެންޓްތައް ގިނައިން ލިބޭނެ މަލްޓިވިޓަމިނެއް ކެއުމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.