Thu, 8 December, 2022, 11:53 am
15 ޖޫން 2022, ހުޅުމާލެ ފޭސް 2, އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބަހުގެ ހިދުމަތް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް --- ފޮޓޯ: ރައީސް އޮފީސް

ހިތްހަމަޖެހޭ އިތުބާރު ހިފޭ ގޮތަށް އެމްޓީސީސީން ދަތުރުފަތުރުގެ ހިދުމަތް ބަދަލުކޮށްފި: ރައީސް

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދެމުން ގެންދާ ދަތުރުފަތުރުގެ ނިޒަމަކީ، މިވަގުތު ރައްޔިތުން ހިތްހަމަޖެހޭ އިތުބާރުހިފޭ ގޮތަށް ދެވޭ ހިދުމަތަކަށް އެމްޓީސީސީން ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ކުންފުންޏަށް ޝުކުރު އަދާކުރައްވައިފި އެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަސް ދަތުރުގެ ހިދުމަތް ތައާރަފު ކުރުމަށް ހުޅުމާލެ ފޭސް 2ގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ސަރުކާރު ހިންގުމާ ހަވާލުވި އިރު، ހުޅުމާލޭގެ ޓްރާންސްޕޯޓް ހިދުމަތް އޭރު ހަވާލުކޮށްފައި އޮތީ އެކަމަށް އެކަށީގެންވާ އެމްޓީސީސީގެ ބަދަލުގައި އެމްޕީއެލްއާ ކަމަށެވެ.

އެހެންކަމުން ޓްރާންސްޕޯޓް މިނިސްޓަރު އިސްނަންގަވައިގެން ވަޒީރުންގެ މަޖިލީހުގައި އެކަމާ މަޝްވަރާކުރުމަށްފަހު ހުޅުމާލޭގެ ޓްރާންސްޕޯޓްގެ ހުރިހާ ކަމަކާއި މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ތަރައްގީކޮށް އަވަސްކޮށް، ފަސޭހައިން އެކަން ލިބޭނެ ގޮތް އިންތިޒާމުކުރުމަށް އެމްޓީސީސީއާ ހަވާލުކުރި ކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން މިއަދު އެމްޓީސީސީގެ ހުރިހާ މުވައްޒަފުންނަށް، ހާއްސަކޮށް ސީއީއޯ އާދަމް އާޒިމަށް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުން މިގެންދާ ދަތުރުފަތުރުގެ ނިޒާމަކީ މިވަގުތު ރައްޔިތުން ހިތްހަމަޖެހޭ އިތުބާރުހިފޭ ގޮތަށް ދެވޭ ހިދުމަތަކަށް އެމްޓީސީސީ ބަދަލުކޮށްފައިވަނީ. ޓީމް އެމްޓީސީސީއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،” ރައީސް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.