Thu, 8 December, 2022, 11:53 am
ބާ ޖަމާލުއްދީން ބިން ހުސްކުރުމުގެ މަސައްކަތް ކުރިއަށްދަނީ --- ހަފްތާ ފޮޓޯ

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ބާ ޖަމާލުއްދީން ތަޅާލަން ފަށައިފި

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން، ބާ ޖަމާލުއްދީން ހުރި ބިން ހުސްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބި, ތަން ބޮލަށް ވެއްޓިދާނެ ކަމުގެ ބިރު އޮތުމުން އެތަނުގައި ކިޔަވައިދިނުން ރައްކާތެރި ނޫން ކަމަށް ނިންމައި ކުދިން ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަން އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ނިންމީ އެ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށެވެ. އަދި ހުޅުމާލޭގައި މިހާރު ހަދަމުން އަންނަ އެއް ސްކޫލު އަރަބިއްޔާއަށް ހާއްސަކުރުމަށެވެ.

ނަމަވެސް އެ ނިންމުމާ ދެކޮޅަށް، އަރަބިއްޔާގެ ބެލެނިވެރިން މުޒާހަރާކޮށް، އެކަމުގެ ކަންބޮޑުވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކުރުމުން ރައީސް ނިންމެވީ ކުރީގެ ފޮރިން މިނިސްޓްރީ އިމާރާތުގައި ވަގުތީ ގޮތުން އަރަބިއްޔާ ކިޔެވުން ބަދަލުކުރުމަށެވެ.

އެގޮތުން އެ ތަން ސްކޫލަކަށް ބަދަލުކޮށް ވަގުތީގޮތުން ކިޔަވަދޭން ފަށާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު ފެށި އާ ޓާމާއެކު އެވެ.

ބާ ޖަމާލުއްދީން ސްކޫލް ތަޅާލުމުގެ މަސައްކަތް މިދިޔަ މެއި މަހުގެ ތެރޭގައި ހަވާލުކޮށްފައި ވަނީ ވެލް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ އެވެ. ޖުމުލަ 2.9 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 75 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.