Thu, 8 December, 2022, 11:53 am

ހިޔާ ފްލެޓު ތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް “ވަށި” ކޮމްޕެނީން ޓްރެއިނިންގއެއް ބާއްވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓު ތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެޗް.ޑީ.ސީ އާއި ގުޅިގެން ވަށި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ޓްރެއިނިންގ އެއް ބާއްވައިފިއެވެ.

މި ޓްރެއިނިންގައި ސެކިއުރިޓީ އޮފިސަރުންނާއި އެޗް.ޑީ.ސީގެ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ. ޓްރެއިނިންގ ޙާއްސަ ކުރެވިފައިވަނީ ޕެޓްރޯލިންގ އުކުޅުތަކާއި ކޮމިއުނިކޭޝަނާއި އަދި އާންމު ކޮށް ސެކިއުރިޓީ ބެލެހެއްޓުމުގައި ދިމާވާ ކަންކަމުގައި ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން ހާދިސާތަކަށް އެޓެންޑްވެ އެހާދިސާތަކުން ރައްޔިތުން ސަލާމަތް ކުރާނެ ގޮތްތަކަށެވެ.

ހިޔާ ސަރަހައްދަކީ ކުށުގެ ހާއްޔަކަށް ވެފައި އޮތްތަނަކަށް ވިޔަސް، މި ސަރަހައްދުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވަށި ކުންފުނިން މީގެ ކުރިންވެސް ވަނީ ސެލްފް ޑިފެންސ ޕްރޮގްރާމެއް ބާއްވާފައެވެ. މިގޮތުން ވަށި ކުންފުނީގެ ފަރާތުން ރާފިލް ރަޝީދު ވިދާޅުވެފައިވަނީ، ހިޔާ ސަރަހައްދުގެ ސެކިއުރިޓީ ނިޒާމްގައި ދިމާވާ ބޮޑެތި ގޮންޖެހުންތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެއްބާރަލުން ލިބެމުން އަންނަ ކަމަށާއި، އުއްމީދަކީ ކިތަންމެ އާބާދީބޮޑު، ކުށް ގިނަ ވަމުންދާ ސަރަހައްދަކަށް ވިޔަސް އެއްބައިވަންތަ ކަމާއިއެކު، ހިތްހަމަޖެހޭ ރައްކާތެރި ވެއްޓެއް ޤާއިމް ކުރުމަށެވެ . އަދި އެ ފަދަ ވެއްޓެއް ބިނާކުރެވޭނީވެސް ހިޔާ ފުލެޓް ތަކުގައި ދިރިއުޅެމުން އަންނަ ފަރާތްތަކާއި، އަދި މި ސަރަހައްދަށް ޒިޔާރާތް ކުރާ ފަރާތްތަކުގެވެސް އެއްބާރަލުމާއި އެކުގައި ކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ގުޅިގެން ހިޔާގެ ސަރަހައްދުގެ ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަމުގެ އިތުރުން އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ޙިދުމަތް ދިނުމުގައި އެޗް. ޑީ.ސީ އިން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުންދާކަންވެސް ވަށި ކުންފުނިން ފާހަގަ ކުރައްވައެވެ. މިގޮތުން، ރައްޔިތުންނަށް ދިމަވާ ދަތި ތަކުގެ ދާއިމީ ހައްލު ހޯއްދެވުމަށް އެކޯޕަރޭޝަނުން ދަނީ މެދުކެޑުމެންނެތި ޕްރޮޖެކްޓުތަށް ހިންގާ ރާވަމުންނެވެ.

ސެކިއުރިޓީ ބެލެހެއްޓުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ދިވެހިން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި، ވަޒީފާ ދިނުމުގައި ހިޔާގައި އަލަށް އާބާދުވެފައިވާ ފަރާތްތަކަށް އިސްކަންދެއްވަމުންދާއިރު، މިވަގުތުވެސް ވަޒީފާގެ ފުރުސަތު އޮތްކަމުގައި ވަށި ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން، މިހާރުވެސް ސެކިއުރިޓީ ސްޕަވައިޒަރުންނާއި، ޕެޓްރޯލް އޮފިސަރުންނާއި އަދި ސެކިއުރިޓީ އޮފިސަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި ކުންފުނީގެ ފޭސްބުކު ޕޭޖް Vashi Security Solutions މެދުވެރިކޮށް ހުޅުވިފައިވާކަންވެސް ދަންނަވަމެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.