Thu, 8 December, 2022, 1:41 pm
ކޮމިއުނިޓީ ސޭފްޓީ ޕާޓްނާޝިޕް އެމްއޯޔޫއެއްގައި ފުލުހުންނާއި އެމްޑަބްލިޔުއެސްސީއާ ދެމެދު ސޮއިކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން ---

ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް ހިންގާ ޕްރޮގްރާމް އެމްޑަބްލިޔުއެސްސީން ސްޕޮންސާކޮށްފި

ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި މުޖުތަމައުގައި ކުށްމަދުކޮށް، އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ފުލުހުން ކުރިއަށް ގެންދާ ކޮމިއުނިޓީ ސޭފްޓީ ޕާޓްނާޝިޕް ޕްރޮގްރާމް އެމްޑަބްލިޔުއެސްސީން ސްޕޮންސާ ކޮށްފި އެވެ.

ފުލުހުންގެ އިދާރާގައި މިއަދު ބޭއްވި ހަފުލާއެއްގައި އެ ޕްރޮގްރާމްގެ ސްޕޮންސާޝިޕްގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ރަޝީދެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގެ ކުރިއެރުމާއި ލާބައާއި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށެވެ.

ހުރިހާ އުމުރުފުރައަކާ ގުޅޭ ގޮތުން ކުރިއަށްގެންދާ ކޮމިއުނިޓީ ޕާޓްނާޝިޕް ޕްރޮގްރާމްގެ މިއަހަރުގެ ޝިއާރަކީ “އިސްނަގާނީ އަހަރެން” އެވެ.

އެގޮތުން ކޭމްޕުތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދަން އަމާޒުކޮށްފައިވަނީ ސްކޫލް ކުދިންނަށާއި ޒުވާނުންނާއި އަދި އިސްރަށްވެރހިންނަށް ހާއްސަކޮށްގެންނެވެ.

މި ޕްރޮގްރާމުގެ ދަށުން ހަރަކާތްތަކުގެ ބައިވެރިންނަށް އަމިއްލަ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހުނަރުތަކާއި ފުރަތަމަ އެހީ ފޯރުކޮށްދޭނެ ގޮތްތައްވެސް ދަސްކޮށްދޭނެ އެވެ.

އޭގެ އިތުރުން އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް ގެންދާ ތަމްރީނުތަކާއި ޑޮމެސްޓިކް ހައުސް ވަޔަރިންގްއާއި އާންމު ދިރިއުޅުމާއި މުޖުތަމައުގައި އުޅޭއިރު އަމަލުކުރަންޖެހޭ ގޮތްތަކާއި ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި ލީޑާޝިޕް ބައިތަކުގެ އިތުރުން ރެޕަލިން ހަރަކާތްތައްވެސް ކުރިއަށް ގެންދާނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.