Thu, 8 December, 2022, 1:29 pm

އެމްބާ ބުނީ ޖޯނީ، އަބުރުގެ އިތުރު ދައުވާތަކެއް ކޮށްފާނެތީ ބިރުގަންނަ ކަމަށް

ޖޯނީ ޑެޕް، އިތުރު އަބުރުގެ ދައުވާތަކެއް އުފުލާފާނެތީ ބިރުގަންނަ ކަމަށް އެމްބާ ހާޑް ބުނެފިއެވެ.

އެމްބާ އެހެން ބުނީ ޖޯނީ ޑެޕް އޭނާއާ ދެކޮޅަށް ހުށަހެޅި އަބުރުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވުމަށް ފަހު ދިން ފުރަތަމަ އިންޓަވިއުގައެވެ. އެ އިންޓަވިއުގައި އޭނާ ބުނީ އޭނާ ބޭނުންކުރީ އޭނާގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ.

އޭނާ ބުނީ އޭނާ ކުރާ ކޮންމެ ކަމަކީ އަދި ބުނާ ކޮންމެ ބަހަކީ އޭނާގެ އަނގަ ބަންދުކޮށްލުމަށް މީހަކަށް ބޭނުންކުރެވިދާނެ ފުރުސަތަކަށް ވެދާނެތީ މިހާރު މިރުގަންނަ ކަމަށެވެ. އަދި އަބުރުގެ ދައުވާއަކީ އެއީ ކަމަށާއި އެއީ މީހެއްގެ އަޑު ކަނޑުވާލުމަށް ގެންގުޅޭ އުކުޅެއް ކަމަށް ބުންޏެވެ.

އެމްބާ އިތުރަށް ބުނީ އެ ޝަރީއަތުގެ އަޑުއެހުންތަކުގައި އޭނާ ދެއްކި ހުރިހާ ވާހަކައަކީ ތެދު ވާހަކަތަކެއް ކަމަށެވެ. އަދި އޭނާ އެގޮތުގައި ދެމިހުންނާނެ ކަމަށް ބުންޏެވެ. އަދި ޖޫރީގެ ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހަޅާނެ ކަމަށެވެ.

އޭގެ އިތުރުން އޭނާ ބުނީ އޭނާ ލިޔުނު އޯޕްއެޑްގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބުމަކީ އޭނާ ބޭނުންވި ގޮތެއް ނޫން ކަމަށެވެ. އަދި އެއީ އޭނާ އެ ލިޔުން ލިޔުނު މަގުސަތު ނޫން ކަމަށް ބުންޏެވެ.

ޖޯނީ ޑެޕް އޭނާއާ ދެކޮޅަށް ހުށަހެޅި މައްސަލަ ނިންމުމުން ޖޫރީއިން ވަނީ އޭނާގެ މައްޗަށް ޖޯނީއަށް އެތައް މިލިއަން ޑޮލަރެއް ދެއްކުމަށް ހުކުމްކޮށްފައެވެ. ނަމަވެސް އޭނާ ދައްކަން ޖެހޭ 10.5 މިލިއަން ޑޮލަރު ނުދެއްކޭނެ ކަމަށް އޭނާގެ ލޯޔަރު ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.