Thu, 8 December, 2022, 10:03 am

ލީޑަރުން ބިނާކުރަން މެލޭޝިއާގެ ސްޓްރެޓެޖިކް މެނޭޖްމަންޓް އިންސްޓިޓިއުޓުން ހާއްސަ ޕްރޮގްރާމެއް

ލީޑަރުން ބިނާކުރުމަށް މެލޭޝިއާގެ ސްޓްރެޓިޖިކް މެނޭޖްމެންޓް އިންސްޓިޓިއުޓް (އެސްއެމްއައި) އިން ހާއްސަ ޕްރޮގްރާމެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އަންނަ އޮގަސްޓު މަހުގެ 8 އިން 15 އަށް މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ކުރިއަށްގެންދާ އެ ޕްރޮގްރާމަކީ އިނގިރޭސި ވިލާތުގެ ޗާޓާޑް މެނޭޖްމެންޓް އިންސްޓިއުޓް (ސީއެމްއައި) ގެ ސެޓްފިކެޓް ލިބޭ ޕްރޮގްރާމެކެވެ.

ސީއެމްއައިއަކީ މެނޭޖްމަންޓާއި ލީޑާޝިޕްގެ ދާއިރާއިން އެންމެ މަތީ ފެންވަރަށް ކުރިއަރުވަން ހާއްސަވެފައިވާ އިނގިރޭސި ވިލާތުގެ ހަމައެކަނި ޗާޓާޓް ޕްރޮފެޝަނަލް ބޮޑީ އެވެ. އަދި އެއީ ޗާޓާޑް މެނޭޖޭ ސްޓޭޓަސް އެވޯޑް ކުރުމަށް ހުއްދަ ދީފައިވާ ދުނިޔޭގެ ހަމައެކަނި ޖަމިއްޔާވެސް މެ އެވެ.

އެސްއެމްއައި އިން ބުނީ އެ ޕްރޮގްރާމްގައި ސަރުކާރުގެ އިދާރާތަކަށާއި ކުންފުނިތަކަށް އަދި އަމިއްލަ ފަރުދުންނަށްވެސް ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން ކުންފުނިތަކުން ތަމްރީނުކުރަން ބޭނުންވާ ލީޑަރުންނާއި ލީޑާޝިޕް ކޮމްޕެޓެންސީ އިތުރުކުރަން ބޭނުންވާ ސަރުކާރު އިދާރާތަކަށާއި އެންމެ ފަހުގެ އުކުޅުތައް ދަސްކޮށް، ލީޑާޝިޕް އުކުޅުތައް އިތުރަށް ހަރުދަނާ ކުރަން ބޭނުންވާ މީހުންނަށް މިއީ ހާއްސަ ޕްރޮގްރާމެއް ކަމަށް ބުންޏެވެ.

އެ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ސެޝަންންތައް އެކުލަވާނީ 6 ޔުނިޓެއްގެ މައްޗަށެވެ. އެއީ:

  • ފައިނޭޝިއަލް ވެލިއު މެނޭޖްމެންޓް
  • ސްޓްރެޓިޖިކް ތިންކޮން ފޯ ޓްރާންސްފޯމޭޝަން
  • ކަސްޓަމާ ވެލިއު މެނޭޖްމެންޓް
  • އެނޭބަލިން އޯގަނައިޒޭޝަނަލް ޓްރާންސްފޯމޭޝަން
  • ލީޑާޝިޕް އޯގަނައިޒޭޝަނަލް ޕާފޯމެންސް
  • ސްޓްރެޓިޖިކް ޕްލޭނިން

އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފީއަކީ މީހަކަށް 4،599 ޑޮލަރެވެ. އެ ފީގެ ތެރޭގައި އެމީހުންގެ ހުރުމުގެ ހަރަދާއި އެއާޕޯޓް ޓްރާންފާގެ ހަރަދު، ޓްރެނިން ހަރަދު އަދި ހަފުތާ ބަންދުގައި ކުރިއަށްގެންދާ ޓުއާތަކުގެ ހަރަދުވެސް ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.