Thu, 8 December, 2022, 2:17 pm

ލަންކާގެ ތެލުގެ ސްޓޮކް މިހާރު ހުރީ ފަސް ދުވަހަށް ވާ ވަރަށް

ސްރީ ލަންކާގެ ތެޔޮގެ ސްޓޮކް ހުރީ ފަސް ދުވަހަށް ވާ ވަރަށް ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

ލަންކާގެ އިގުތިސާދު އިނދަޖެހި، އިމްޕޯޓްކުރާ ތެލަށް ފައިސާ ދެއްކުމަށް ދަތިވެފައިވާތީ ތެޔޮ ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އަދި މީގެ ކުރިން ކްރެޑިޓް ލައިނެއްގެ ދަށުން އިންޑިއާ އިން ތެޔޮ ގެނެސްފައިވާ އިރު، އެ ގައުމުން މިހާރުވެސް ދަނީ އިންޑީއާ އިން 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއްގެ ދަށުން ތެޔޮ ހޯދުމަށް ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ލަންކާ ތެލަށް ޖެހެންދާއިރު، ޕެޓްރޯލް ސްޓޭޝަންތަކުގައި ކިޔު ދިގުވެ ބައެއް މީހުން ރޭގަނޑު ވަގުތުވެސް ކިއުގައި މަޑުކޮށްގެން ތިބެ އެވެ. ތެލުގެ އިތުރުން ކާބޯތަކެއްޗާއި ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ހޯދުމަށްވެސް ވަނީ ދަތިވެފަ އެވެ.

އެ ތަކެތި ހޯދުމަށް ސަޕްލަޔަރުންނަށް މިހާރުވެސް 725 މިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ އިރު، އެނާޖީ މިނިސްޓަރު ކަންޗަނާ ވިޖޭސެކެރާ ވިދާޅުވީ، އިތުރު ކްރެޑިޓް ލައިންތަކުގެ ތެރެއިން ތަކެތި ހޯދުމަށް ލަންކާއަށް ދަތިވެފައިވާ ކަމަށެވެ.

މިހާރު ހުރި ތެލުގެ ސަޕްލައި މި މަހުގެ 21އާ ހަމައަށް ބެހެއްޓޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި ޑިމާންޑު ބޮޑުކަމުން ސްޓޮކް އަވަހަށް ހުސްވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވިޖޭސެކެރާ ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ތެލުގެ އިތުރު ދެ ޝިޕްމެންޓް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ލަންކާއަށް އިންޑިއާއިން ވަނީ މިހާތަނަށް ތިން ބިލިއަން ޑޮލަރުގެ އެހީ ދީފަ އެވެ. އަދި އިތުރު އެއް ބިލިއަން ޑިލަރުގެ އެހީ ކްރެޑިޓް ލައިނުގެ ދަށުން ދީފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.