Thu, 8 December, 2022, 2:44 pm
ސައުދީގެ ފިހާރައެއްގައި ހުރި ރެއިންބޯ ކުލަ ހުންނަ އެއްޗެހިތަކެއް ނަގާފައި ---

ސައުދީ ފިހާރަތަކުން ރެއިންބޯ ކުލަ ހުންނަ އެއްޗެހި ނަގަނީ

އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭތީ ސައުދީ އަރަބިއްޔާގެ ފިހާރަތަކުން ރެއިންބޯ ކުލަ ހުންނަ ކުޅޭއެއްޗިއްސާއި ހެދުންތައް ނަގަން ފަށައިފި އެވެ. ރެއިންބޯގައި ހުންނަ ކުލަތަކަކީ އެލްޖީބީޓީ ޕްރޮމޯޓް ކުރަން ގެންގުޅޭ ކުލަތަކެވެ.

ސައުދީ ސަރުކާރުގެ ޓީވީ ޗެނަލެއް ކަމަށްވާ އަލް އެކްބަރިއްޔާ އިން ބުނީ, ވެރިރަށް ރިޔާދުގެ ފިހާރަތަކަށް ކޮމާސް މިނިސްޓްރީގެ އޮފިޝަލުން ވަދެ, ރެއިންބޯ ކުލަ ހުންނަ އެއްޗެހި ނަގަން ފަށާފައިވާ ކަމަށެވެ. އަދި އެފަދަ ތަކެތި ވިއްކާ ފިހާރަތަކަށް އަދަބު ކަނޑައަޅާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އޭގެ ތެރޭގައި ބޮލުގަޖަހާ ދައްޗާއި ޕޮޕް-އިޓްސް އާއި ޓީ-ޝާޓާއި ތޮފި އަދި ޕެންސިލް ކޭސް ފަދަ ތަކެތިވެސް ހިމެނެ އެވެ.

ކޮމާސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ, އެތަކެއްޗަކީ އިސްލާމީ އަދި އާންމު އަގީދާއާ ފުށުއަރައި, ޒުވާން ޖީލުތައް އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ތަކެތި ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ގަތަރުގެ ކަމާބެހޭ އިދާރާތަކުންވެސް ވަނީ ފިހާރަތަކުން ވިއްކަން ހުރި ރެއިންބޯ ކުލަ ހުންނަ ޕޮޕް-އިޓްސްއާއި އެހެނިހެން ކުޅޭ ސާމާނު ނަގައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.