Mon, 28 November, 2022, 1:16 am
ސްޓެލްކޯގެ މައި އިމާރާތް --- ހަފްތާ ފޮޓޯ: މުހައްމަދު ހައްޔާން

ކަރަންޓުގެ ޚިދްމަތް ކެނޑުނު ހުރިހާ ސަރަހަށްދަކަށް މިހާރު ކަރަންޓް ދެވިއްޖެ:ސްޓެލްކޯ

މާލެއިން މިރޭ ކަރަންޓުގެ ޚިދްމަތް ކެނޑުނު ހުރިހާ ސަރަހަށްދަށް މިހާރު ކަރަންޓް ދެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯ އިން މިރޭ ބުނީ މާލޭގެ ބޮޑު ބަޔަކުން  މިރޭ ކަރަންޓު ކެނޑުނީ ސެންޓްރަލް ހޮޓެލްގަ ބަހައްޓާފަހުރި ޓްރާާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި މިވަގުތު މާލެއަށް ކަރަންޓު ދެމުންދާ ފީޑަރުތަކުގެ ތެރެއިން ހަތަރު ފީޑަރެއް ނިވިފައިވާ ކަމަށާއި މާލޭގެ ކަރަންޓު ނެޓްވޯކް ސްޓޭބަލްް ކުރުމަށްޓަކައި އިތުރު ދެ ފީޑަރެއް ނިއްވާލަން ޖެހިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

މިފަދަ ދަނޑިވަޅުތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް އެކުންފުނިންވަނީ ޝުކުރުދަންނަވާފައެވެ. އަދި ކަރަންޓްގެ ޚިދްމަތް ނުލިބި ދިޔަ ވަގުތު ގައި ދިމާވި ދަތިތަކަށްވެސް އެކުންފުނީންވަނީ ކަސްޓަމަރުންގެ ފަރާތުން މައާފަށް އެދިފައެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓް އަނބުރާ ލިބުން ލަސްވެގެންދިޔައީ ފޯލްޓް ދިމާވި ޓްރާންސްފޯމަރަށް އިތުރުމައްސަލައެއް ދިމާވެއްޖެނަމަ މުޅި ބުލެކް އައުޓަކަށް ގޮސްފާނެތީ އެފަދަ ކަމެއް ދިމާނުވާނެކަން ޔަގީން ކުރުމަށް ކުރަން ޖެހުނު މަސައްކަތްތަށް ކުރުމަށް ކަމަށެވެ.

މާލެއިން މިރޭ ކަރަންޓް ކެނޑިފައިވަނީ މާފަންނުގެ ބޮޑު ބަޔަކުން ކަމަށް މައުލޫމާތު ލިބެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.