Fri, 30 September, 2022, 5:23 pm
ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެއާޕޯޓުގައި ---

ނަޝީދު، ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ނަޝީދުގެ ދަތުރުފުޅާ ގުޅޭ މައުލޫމާތު ދެމުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މި ދަތުރުފުޅަކީ ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ރޮޖާ މަންސިއެންގެ ދައުވަތަކަށް ކުރައްވާ ހަތް ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.

އެ މަނިކުފާނު ސީޝެލްސްއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށްވެސް ބުންޏެވެ.

މަޖިލީހުން ބުނީ، ނަޝީދުގެ މި ދަތުރުފުޅުގައި ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި މަޖިލީހުގެ ރައީސްއާއެކު ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ކުރިއެރުމަށް އެކުއެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި އެކަންކަމާމެދު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށްވެސް ބުންޏެވެ.

މަޖިލީހުން އިތުރަށް ބުނީ، ރާއްޖެ އާއި ސީޝެލްސްއަކީ ދާދީ އެއްގޮތަކަށް އިންޑިއާ ކަނޑުގައި އުފެދިފައިވާ ދެ ގައުމުކަމާއި އެ ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީވެސް ދާދި އެއްގޮތް ކަންތައްތަކެއް ކަމަށް ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތު ސިޓީގައި ފާހަގަކުރައްވާފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.