Fri, 30 September, 2022, 5:53 pm
ސަން ސިޔާމް --

ހިލްޓަންއަށް ފައިސާ ނުދެއްކި މައްސަލާގައި ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ބާތިލެއް ނުކޮށްދިން

ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ސަން ޓްރެވެލް އިން ހިލްޓަން އަށް ދައްކަން ޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލާގައި، މަޝްހޫރު ވިޔަފާރިވެރިޔާ ސަން އަހުމަދު ސިޔާމް މުހަންމަދުގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލެއް ނުކޮށްދިނެވެ.

ނ. މެދުފުށީގައި ސަން ޓްރެވެލް އިން ހަދާފައިވާ “އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓް” ހިންގަން ހިލްޓަން އާ ހަވާލުކުރީ ފެބްރުއަރީ 27، 2009 ގަ އެވެ. ނަމަވެސް ދެ ފަރާތުގެ މެދުގައި ހަދާފައިވާ އެއްބަސްވުމާ ހިލާފުވާ ކަމަށް ބުނެ، ސަން ޓްރެވެލް އިން އެޕްރީލް 30، 2013ގައި އެއްބަސްވުން ބާތިލުކުރުމުން، އެ މައްސަލަ ހިލްޓަން އިން ބައިނަލްއަގުވާމީ އާބިޓްރޭޝަން ކޯޓަށް ހުށަހެޅި އެވެ

އާބިޓްރޭޝަނުން އޮގަސްޓް 17، 2015ގައި މައްސަލަ ނިންމީ ބަދަލުގެ ގޮތުގައި ސަން ޓްރެވެލް އިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދޭންޖެހޭނެ ކަމަށެވެ. އަދި އެ އަމުރު ތަންފީޒުކުރަން ހިލްޓަން އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ސެޕްޓެމްބަރު 2020ގައި ސަން ޓްރެވެލްގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ.

އެ މައްސަލަައިގައި ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކުރީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ. އޭޕްރިލް ނުވަ ވަނަ ދުވަހު ކުރި އަމުރުގައި ސަން ޓްރެވެލްގެ އަނެއް ޑިރެކްޓަރު އަދި ސިޔާމްގެ ކުރީގެ އަނބިކަނބަލުން އައިޝަތު ފާއިޒްގެ ޕާސްޕޯޓް ހިފަހައްޓަންވެސް އަމުރުކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.