Fri, 30 September, 2022, 5:56 pm

ގެދޮރުވެރިންނަށް އެސްޓީއޯގެ މަގޭ ހިޔާ: ގަންނަ މުދަލުން 18 ޕަސެންޓާ ހަމައަށް ޑިސްކައުންޓް!

ގެޔަށް ބޭނުންވާ މުދާ ހަމަކޮށްލަން އެސްޓީއޯއިން މިދިޔަ އަހަރު ފެށި “މަގޭ ހިޔާ” ޕްރޮމޯޝަންގެ މި އަހަރުގެ ޕްރޮމޯޝަން ފަށައިފި އެވެ.

މަގޭ ހިޔާ ޕްރޮމޯޝަން ފެށީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ މީހުންނަށް, އެ ފްލެޓްތަކަށް ބޭނުންވާ ގޭތެރޭގެ ސާމާނު ހަމަކޮށްލުމަށެވެ.

މި އަހަރުގެ ޕްރޮމޯޝަން މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގަ އެވެ.

މަގޭ ހިޔާ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އެ ޕްރޮޮމޯޝަންގައި ހިމެނޭ އައިޓަމްތަކަށް ހޭދަކުރާ ކޮންމެ 5،000 ރ. އަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި ގްރޭންޑް ލަކީޑްރޯއެއްގެ އިތުރުން ކޮންމެ ހަފްތާއަކުވެސް ނަސީބުވެރިން ހޮވައި އިނާމު ދޭނެ އެވެ

މަގޭ ހިޔާ ޕްރޮމޯޝަންގެ ގްރޭންޑް ލަކީޑްރޯގެ އިނާމުތައް:

  • އެއް ވަނަ އިނާމު: 20،000ރ.ގެ ފައިސާގެ އިނާމު
  • ދެ ވަނަ އިނާމު: 10،000ރ.ގެ ފައިސާގެ އިނާމު
  • ތިން ވަނަ އިނާމު: 5،000ރ.ގެ ގިފްޓް ވައުޗާއެއް

 

އެ ޕްރޮމޯޝަންގައި މުދާ ގަންނަ ކަސްޓަމަރުންނަށް ލިބޭ ޑިސްކައުންޓް ބަހާލާފައިވަނީ ތިން ޕެކޭޖަކަށެވެ. އެ ޕެކޭޖުތަކަކީ:

  • ރިހި ޕެކޭޖު: ގަންނަ މުދަލުގެ އަގު 15،000 – 25،000ރ. ނަމަ %12 ޑިސްކައުންޓް
  • ރަން ޕެކޭޖު: ގަންނަ މުދަލުގެ އަގު 25،000 – 35،000ރ. ނަމަ %15 ޑިސްކައުންޓް
  • ހުދު ރަން ޕެކޭޖު: ގަންނަ މުދަލުގެ އަގު 35،000ރ. އިން މަތި ނަމަ %18 ޑިސްކައުންޓް

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.