Fri, 30 September, 2022, 4:49 pm

ކާރްތިކް ސިންގަލްކޮށް ހުންނަތާ އަހަރެއް ވެއްޖެ

ކާރްތިކް އާރްޔަންއަކީ ބޮލީވުޑްގެ އަރަމުން އަންނަ ތަރިންގެ ތެރެއިން ގުނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ތަރިއެކެވެ. އޭނާއަށް ހިތްކިޔާ އެތައް ސަޕޯޓަރުންނެއް އުޅޭއިރު އޭގެ ތެރެއިން އެކަކީ ބޮލީވުޑް އެކްޓްރެސް ސާރާ އަލީ ހާނެވެ.

ސާރާއާއި ކާރްތިކް މީގެ ކުރިން އެކުގައި ފިލްމަކުންވެސް ފެނިގެންގޮސްފައިވާ އިރު، ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށްވެސް އަޑު ފެތުރުނެވެ. ނަމަވެސް އެ ދެތަރިންވެސް އެކަން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.

ސާރާ، ކާރްތިކްއާ ލޯބީގެ ގޮތުން ގުޅެން ބޭނުންވާކަން މީގެ ކުރިން “ކޮފީ ވިތް ކަރަން” ގައިވެސް ބުނެފައިވެ އެވެ. މި ސީޒަނުގައި ސާރާ އެ ޝޯއަށް ދިއުމުން ކަރަން ވަނީ މިދިޔަ ސީޒަނުގައި ސާރާ ކާތްރިކްއާ ލޯބީގެ ގޮތުން ގުޅެން ބޭނުންވާ ކަމަށް ބުނުމަށް ފަހު، އެކަން ކާމިޔާބުވެސް ކޮށްފައިވާ ކަމަށް ބުނެފަ އެވެ.

 

ނަމަވެސް ކޮފީ ވިތް ކަރަންގައި އެކަމާ ގުޅޭ ގޮތުން ކާރްތިކްއާ ސުވާލުކުރުމުން އޭނާ ބުނީ އޭނާ ސިންގަލްކޮށް ހުންނަތާ މިހާރު އަހަރެއް ވެއްޖެ ކަމަށެވެ. އަދި އެއަށްވުރެ އިތުރަށް އެއްވެސް އެއްޗެއް ނުބުނާނެ ކަމަށް ބުންޏެވެ.

މި ދުވަސްވަރު ކާތްރިކް ދަނީ 4 ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޝެހެޒާދާ، ފްރެޑީ، ކެޕްޓަން އިންޑިއާ އަދި ސަތްޔަޕްރޭމް ކީ ކަތާ ކިޔާ ފިލްމެއްގެ މަސައްކަތްތައް ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.