Fri, 30 September, 2022, 6:32 pm

އެންމެން ކުރިމަތީގައި އާލިއާ ހާއްސަކުރި ލަވައިން ރަންބީރަށް ރަކިވެ، އިސްޖެހިއްޖެ

އާލިއާ ބަޓްއާއި ފިރިމީހާ ރަންބީރު ކަޕޫރު އެކުގައި ކުޅެފައިވާ ފުރަތަމަ ފިލްމު “ބްރަހްމާސްތްރަ” މި މަހުގެ ތެރޭގައި ނެރެން ތައްޔާރުވަމުންދާ އިރު، މި ދުވަސްވަރު އެ ދެމަފިރިން އުޅެނީ އެ ފިލްމު ޕްރޮމޯޓްކުރުމުގައި އަވަދިނެތި އެވެ.

އެގޮތުން އެ ފިލްމު ޕްރޮމޯޓުކުރުމަށް ސަޕޯޓަރުންނާއެކު ދާދި ފަހުން ބޭއްވި ހަފުލާއެއްގައި އާލިއާ ވަނީ އެ ފިލްމުގެ ލަވަ “ކޭސަރިޔާ” ކިޔައިފަ އެވެ. އަދި ވަކި ހިސާބަކުން އޭނާ އެ ލަވަ ކިޔައިދިނީ ރަންބީރަށް ބަލައިގެން ހުރެ އެވެ.

އާލިއާ ލަވަކިޔައިދިނުމުން ރަންބީރު އިނީ ވަރަށް ލަދުންނެވެ. އަދި މުޅި މޫނު ރަތްވެ، ލަދުން އިސްދަށަށް ޖެހި އެވެ. އެ މަންޒަރު ކަރަން ޖޯހަރަށްވެސް ފެނިގެން އޭނާ ވަނީ ރަންބީރަށް މަލާމާތްކޮށްފަ އެވެ.

އާލިއާއާއި ރަންބީރުގެ ލޯބީގެ ގުޅުން ފެށިގެން ދިޔައީ ބްރަހްމާސްތްރަގެ މަސައްކަތުގެ ތެރެއިންނެވެ. މިހާރު އެ ދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭއިރު، ފިލްމު ޕްރޮމޯޓުކުރަން ބޭއްވި އެ ހަފުލާގައި އާލިއާ ދިޔައީ ދަރިއަކު ލިބެން އުޅޭ ކަމަށް ލިޔެފައިވާ ހެދުމެެއް ލައިގެންނެވެ.

އެ ދެމަފިރިން އެކުގައި ކުޅެފައިވާ ފުރަތަމަ ފިލްމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާއިރު މިހާރުވެސް 27،000 އަށްވުރެ ގިނަ ޓިކެޓު ވިކިފައިވާ ކަމަށް ރިޕޯޯޓުތައް ބުނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.