Thu, 8 December, 2022, 12:54 pm
1 ޑިސެމްބަރު 2021, މާލެ, ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި އިދިކޮޅު މައި ލީޑަރު ޔާމީން ވާހަކަފުޅު ދައްކަވަނީ --- ހަފްތާ ފޮޓޯ

ކޯޓުރޫމުގެ ސީލިންގުން ފެން ފައިބާތީ މިއަދު ބާއްވަން ތާވަލުކުރި ޔާމީންގެ ޝަރީއަތްވެސް ކެންސަލް

މިއަދު ބާއްވަން ތާވަލުކޮށްފައި އޮތް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުން ކުރިމިނަލް ކޯޓުން ކެންސަލްކޮށްފި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާއާ ގުޅިގެން މިއަދު 9:30 ގައި ބާއްވަން ތާވަލުކުރި އަޑުއެހުމުގައި އޮތީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ.

ކްރިމިނަލް ކޯޓުން ބުނީ، މިއަދުގެ އަޑުއެހުން ކެންސަލްކުރީ ޝަރީއަތް ކުރިއަށްގެންދަން ހަމަޖައްސާފައިވާ ކޯޓުރޫމުގެ ސީލިންގުން ފެން ފައިބަމުންދާތީ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހުގައިވެސް އެ މައްސަލައިގެ އަޑުއެހުންތައް ބާއްވަން ތާވަލުކޮށްފައިވާ ކަމަށް ބުންޏެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވަން ތާވަލުކުރީ އޯގަސްޓު މަހުގެ 30 ވަނަ ދުވަހު އެވެ. ނަމަވެސް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ޗުއްޓީއަށް ވަޑައިގެންނެވުމާ ގުޅިގެން އެ އަޑުއެހުން ކެންސަލްކުރި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.