Thu, 8 December, 2022, 10:12 am

2033 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ކުރާނީ އަދާލަތުގެ ބޭފުޅެއް: އިމްރާން

މީގެ 11 އަހަރު ފަހުން، 2033 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ކުރާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށް އެ ޕަޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރޭ އެ ޕާޓީން ވަނީ ކުރިއަށް އޮތް 10 އަހަރަށް ޕާޓީގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލައިފަ އެވެ. އެ ބައްދަލުވުމުގެ ފޮޓޯތަކާއެކު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، “މާތްﷲ އިރާދަކުރެއްވިއްޔާ، 2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް،” ކަމަށެވެ.

ކުރިއަށް އޮތް 10 އަހަރަށް އަދާލަތު ޕާޓީން އެކުލަވާލި ސްޓްރެޓެޖިކް ޕްލޭނަކީ އެ ޕާޓީ އިތުރަށް ވަރުގަދަކުރުމަށް ރޭ ބޭއްވި މަޝްވަރާ މަޖިލީހުން ތަސްދީގުކުރި ޕްލޭނެކެވެ. އެ ޕްލޭންގައި މައިގަނޑު އަށް ދާއިރާއަކުން ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތް ހިމަނާފައިވެ އެވެ

ޕްލޭންގެ އިތުރު ތަފްސީލެއް އަދި އެ ޕާޓީން ހާމައެއް ނުކުރެ އެވެ.

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ 2007ގައި ތަސްދީގުކުރުމަށް ފަހު، މިހާތަނަށް ބޭއްވި އެއްވެސް ރިޔާސީ އިންތިހާބެއްގައި އަދާލަތުން ވާދަކޮށްފައި ނުވި ނަމަވެސް، މިހާތަނަށް 2008 އިން 2018އާ ދެމެދު ބޭއްވި ތިން ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފައިވަނީވެސް އަދާލަތުން ކޯލިޝަން ހެދި ކެންޑިޑޭޓުންނެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.