Thu, 8 December, 2022, 2:42 pm

ރިޝްވަތު ނަގާ ކަމަށް ބުނާ މައްސަލަ ބަލަން ފެށުމުން ވެލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އިސްތިއުފާ ދެއްވައިފި

ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ސައީދު އަލީ، އެ ކޯޓަށް ހުށަހަޅާ މައްސަލަތައް ނިންމުމުގައި ރިޝްވަތު ނަގާކަމަށް ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި ޝަކުވާއެއް ތަހުގީގު ކުރަން ފެށުމުން، މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޖޭއެސްސީން ބުނީ، އަހުމަދު ސައީދު އަލީއާ ގުޅޭ މައްސަލަ ބެލުމަށް ގޮތެއް ނިންމާ ކޮމިޓީ ނިންމުމުން، ހުސްވި އޮގަސްޓު 24 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ ޖަލްސާގައި މައްސަލަ ތަހުގީގުކުރުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލި ކަމަށެވެ.

ނަމަވެސް އަހުމަދު ސައީދު އަލީ މިއަދުން ފަށައިގެން އިސްތިއުފާދެއްވަން ނިންމަވައި އެކަން ކޮމިޝަނަށް އަންގައި އިއްޔެ ސިޓީ ފޮނުވާފައިވާ ކަމަށް ބުންޏެވެ.

ޖޭއެސްސީން ވަނީ މީގެ ކުރިން ވެސް އަހުމަދު ސައީދު އަލީގެ ސްލޫކީ މައްސަލައެއް ބަލައިފައެވެ.

އެ މައްސަލައަކީ ކޮވިޑް-19 އިން ރައްކާތެރިވާން ސަރުކާރު އޮފީސްތައް ބަންދުކުރި ދުވަސްވަރު މެދުނުކެނޑި ކޯޓުތަކުން ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމުން އެ އުސޫލާ ހިލާފުވި މައްސަލައެކެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.