Fri, 30 September, 2022, 5:54 am

ވިކީ، ކެޓްރީނާގެ ހިތް އަތުލީ އެންމެ ބައްދަލުވުމަކުން

ވިކީ ކޯޝަލްއާއި ކެޓްރީނާ ކެއިފްއަކީ މިހާރު ބޮލީވުޑްގައި އެންމެ މަގުބޫލު ޖޯޑެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު މިދިޔަ ޑިސެމްބަރުގައި ދެ މީހުން ކައިވެނި ކުރީ ވަރަށް ސިއްރުން ބޭއްވި ހަފުލާއެއްގަ އެވެ. އެ ދެ މީހުންގެ ލޯބީގެ ގުޅުމާ ގުޅޭ ގޮތުން މީގެ ކުރިން އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވާ އިރު، ކައިވެނި ކުރުމަށްފަހު މިހާރު އެ ވާހަކަތައް ދަނީ ހިއްސާކުރަމުންނެވެ.

ދާދި ފަހުން ވިކީ “ކޯފީ ވިތް ކަރަން” ޝޯއަށް ގޮސް، ކެޓްރީނާއާ ދެ މީހުންގެ ގުޅުމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވެ އެވެ. އެ އެޕިސޯޑުގައި ވިކީ ބުނީ ކެޓްރީނާއަށް އޭނާގެ ނަން އެނގޭކަންވެސް އެނގުނީ އެ ޝޯގައި ކެޓްރީނާ ބުނި އެއްޗަކުން ކަމަށެވެ. އެގޮތުން ކެޓްރީނާ ވަނީ އޭނާއާއި ވިކީއާ ދެ މީހުންނަކީ ވަރަށް ގުޅޭ ޖޯޑަކަށް ވެދާނެ ކަމަށް އެ ޝޯގެ އެޕިސޯޑެއްގައި މީގެ ކުރިން ބުނެފަ އެވެ.

އެންމެ ފަހުން ކެޓްރީނާވެސް މި ސީޒަނުގެ އެޕިސޯޑެއްގައި ފެނިގެން ގޮސްފައިވާ އިރު، އޭނާ ވަނީ ވިކީއަށް ހިތްކީ ގޮތުގެ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ އެ ދެ މީހުންނަކީ ގުޅޭ ޖޯޑަކަށް ވާނެ ކަމަށް ބުނި އިރު، ވިކީއަކީ ކާކު ކަމެއް މާބޮޑަށް ނޭނގޭ ކަމަށެވެ. އަދި އޭރު އެ ދެމީހުން އެއްވެސް ވަރަކަށް ބައްދަލުވެސް ނުވާ ކަމަށާއި ބައްދަލުވީ މާފަހުން ކަމަށް ބުންޏެވެ.

ކެޓްރީނާ ބުނީ ވިކީއާ ފުރަތަމަ ފަހަރަށް ބައްދަލުވުމުންވެސް އޭނާގެ ހިތް އަތުލި ކަމަށެވެ. އަދި ވިކީ އޭނާގެ މަންމައާއި ބައްޕައާމެދު ބަހައްޓާ ގާތް ކަމާއި އަޅާލުން ބަހައްޓާކަމީ އޭނާއަށް އެންމެ ކަމުދާ އެއް ސިފަ ކަމަށް ބުންޏެވެ. އަދި ކައިވެނި ކުރުމަށްފަހު އޭނާއަށްވެސް އެގޮތަށް އަޅާލާނެކަން ފެނިގެންދިޔަ ކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.