Fri, 30 September, 2022, 11:47 am

ކުޑަކުދިން ޕެރެލައިޒްވާ ބައްޔެއް ހަލުވިކަމާއެކު ފެތުރެނީ

ކުޑަކުދިން ޕެރެލައިޒްވާ ބައްޔެއް ފެތުރޭތީ އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެންޓެރޯވައިރަސް ޑީ86 (އީވީ-ޑީ86) ކިޔާ އެ ބައްޔަކީ މީގެ ކުރިންވެސް ފެތުރު ބައްޔެކެވެ. ރިޕޯޓުތައް ބުނާގޮތުން އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، އެ ބަލީގެ އާ ރާޅެއް އަނެއްކާވެސް ދަނީ ފެތުރެމުންނެވެ. އަދި މިއީ 2018 ވަނަ އަހަރުން ފެށިގެން އެ ބަލި ޖެހިގެން ރިޕޯޓުކުރި ކުދިން އެންމެ ގިނަވި ފަހަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން، އެ ބަލި ޖެހޭ ކުދިންގެ ފަރާތުން ފެންނަނީ އާދައިގެ ރޯގާގެ އަލާމާތްތަކެކެވެ. ނަމަވެސް އެސްތްމާ ފަދަ ބަލި ހުންނަ ކުދިންނަށް އެ ބަލި ޖެހިއްޖެ ނަމަ ނޭވާއަށް އުނދަގޫވާ ކަމަށާއި ބައެއް ކުދިންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހެއެވެ.

އޭގެ އިތުރުން، އެ ބަލި ޖެހޭ ބައެއް ކުދިންނަށް އެކިއުޓް ފްލެސިޑް މައިލިޓިސް (އޭއެފްއެމް) ކިޔާ ކޮންޑިޝަނެއް މެދުވެރިވާ ކަމަށާއި އޭގެ ސަބަބުން ގައިގެ މަސްތަކުގެ ބާރު ދަށްވެ، ޕެރެލައިޒްވެ އެވެ. ނަމަވެސް ޕެރެލައިޒްވާ މިންވަރަށް ހާލަތު ގޯސްވަނީ ބަލި ޖެހޭ ކުދިންގެ ތެރެއިން މަދު ބަޔަކަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ބަލީގެ ސަބަބުން ދިމާވާ ފަދަ ޕެރެލައިޒް ވުމަކީ ޕޯލިއޯ ފަދަ ބަލިތަކުންވެސް ކުޑަކުދިންނަށް ދިމާވާ ކަމެކެވެ.

2018 ވަނަ އަހަރު އެމެރިކާގައި އެ ބަލި ޖެހުނު ކުދިންގެ ތެރެއިން އޭއެފްއެމް ރިޕޯޓުކޮށްފައި ވަނީ 238 ކުއްޖެއްގެ ފަރާތުންނެވެ. އަދި މި އަހަރު ފެނުނު ކޭސްތަކުގެ ތެރެއިން އޭއެފްއެމް ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށް ފާހަގަނުކުރެވޭ ކަމަށް ސީޑީސީން ބުންޏެވެ.

ނަމަވެސް ބަލި ޖެހުން އިތުރުވާ ނަމަ ކުޑަކުދިން ޕެރެލައިޒްވުން އިތުރުވުން ގާތް ކަމަށް އެ އިދާރާއިން ބުނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.