Fri, 30 September, 2022, 5:46 pm
އިސްރާއީލުން ބަޑި ޖަހައި ޝަހީދުކޮށްލި އުމުރުން 17 އަހަރުގެ ސަލާހް ---

ފަލަސްތީނުގެ ކުޑަކުއްޖެއްގެ ބޮލަށް ބަޑި ޖަހައި ޝަހީދުކޮށްލައިފި

އިސްރާއީލުގެ ޔަހޫދީ ސިފައިން ބަޑި ޖަހައި, ފަލަސްތީނުގެ 17 އަހަރުގެ ކުއްޖަކު އިއްޔެ ޝަހީދުކޮށްލައިފި އެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން, އުދޭ ސަލާހް ނަމަކަށް ކިޔާ އެ ކުއްޖާގެ ބޮލަށް ބަޑި ޖަހައި ޝަހީދުކޮށްލީ އިސްރާއީލުން ވެރިވެގެން އުޅޭ ހުޅަނގު އައްސޭރީގެ ޖެނިންގައި ހަރަކާތްތެރިވި ސިފައިންނެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނީ, މިދިޔަ ބުދަ ދުވަހު ޖެނިންގެ އުތުރުގައި ހުންނަ ޖަލަމާ ޗެކްޕޮއިންޓް ކައިރީގައި އެމީހުންގެ މޭޖާ ބާ ފަލާހް މަރާލި މައްސަލާގައި ހިމެނޭ މީހުން ހޯދަން ޖެނިންގައި ރެއިޑްތަކެއް ހިންގަމުންދާ ކަމަށެވެ.

އިސްރާއީލުގެ އޮފިސަރުގެ މަރުގެ ޒިންމާ ނަގާފައިވަނީ ފަތަހަ ހަރަކާތުގެ ހަތިޔާރު އެޅި ފިޔަ, އަލްއަގްސާ މާޓީސް ބްރިގޭޑުންނެވެ. އެ ހަމަލާގައި ފަލަސްތީނުގެ ދެ މީހަކުވެސް ވަނީ ޝަހީދުވެފަ އެވެ.

އިސްރާއީލުން ދިން ހަމަލާތަކުގައި މި އަހަރުގެ މިހާތަނަށް 150 އަށްވުރެ ގިނަ ފަަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވެ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 100 މީހުން ޝަހީދުކޮށްލާފައި ވަނީ ހުޅަނގު އައްސޭރީގަ އެވެ. މިއީ 2015 ވަނަ އަހަރަށްފަހު ފަލަސްތީނުގައި އެންމެ ގިނަ އަދަދެއްގެ މީހުން ޝަހީދުކޮށްލި އަހަރެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.