Fri, 30 September, 2022, 5:38 pm
މިފްކޯގެ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ ޗެއާމަން އަމްރު ބައެއް އުފެއްދުންތައް ބައްލަވާލައްވަނީ ---

ހިޔާ ފްލެޓް ސަރަހައްދުގައި މިފްކޯގެ ފިހާރައެއް ހުޅުވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި އެވެ.

ހިޔާ ޓަވަރު 2 ގައި ހަދާފައިވާ އެ ފިހާރަ ހުޅުވައިދެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އާއި މިފްކޯގެ ޗެއާމަން ހުސެން އަމްރު އެވެ. ފިހާރަ ހުޅުވުމުގެ ހަފުލާގައި ބޮޑުބެރާއެކު މިފްކޯގެ އުފެއްދުންތަކުގެ ރަހަ ބެލުން ކުރިއަށްދިޔަ އެވެ.

“އަޅުގަނޑުމެން މިފްކޯއިން ހުޅުމާލެ ފޭސް 2 ގައި މަސްފިހާރައެއް މި ހުޅުވީ ހުޅުމާލެ ފޭސް 2ގައި އުޅޭ ރައްޔިތުންނަށް މިފްކޯގެ ޕްރޮޑަކްޓްސް ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، މިފްކޯއަކީ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކުންފުންޏަކަށް ވެފައި މި ފިހާރަ ވެގެންދާނީ މިފްކޯގެ ހިދުމަތްތަކަށް ލިބުނު އިތުރު ކުރިއެރުމަކަށް،” އަމްރު ވިދާޅުވި އެވެ.

ހިޔާ ސަރަހައްދުގައި ހުޅުވި މިފްކޯގެ މި ފިހާރައަކީ މާލެ ސަރަހައްދުގައި އެ ކުންފުނިން ހުޅުވި ހަތަރު ވަނަ ފިހާރަ އެވެ. އަދި އެހެން ފިހާރަތަކެކޭ އެއްގޮތަށް ހިޔާ މަސްފިހާރަވެސް ހެނދުނު 8:30 ން ރޭގަނޑު 10:00 އަށް ހުޅުވާފައި ހުންނާނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.