Fri, 30 September, 2022, 5:11 pm

ވަޒީރެއްގެ ކުރިން މިއީ އިންސާނެއް، ގަޑިއަށް ހާޒިރު ނުވެވުނީ މައްސަރު ކަންތައް ދިމާވުމުން: ނަހުލާ

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިދިޔަ ބުދަ ދުވަހު ތާވަލުކުރި ބައްދަލުވުމަށް ހާޒިރުނުވެވުނީ މައްސަރު ކަންތައް ދިމާވުމުން ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމަށް ނަހުލާ ގަޑިއަށް ހާޒިރުވެވަޑައި ނުގެންނެވުމުން މެންބަރުން ރުޅި ގަދަވެ، އަމުރު ނެރެގެން ނަމަވެސް ދެން އަންނަ ކޮމިޓީއަކަށް ހާޒިރުކުރުމަށް ނިންމި އެވެ. ނަމަވެސް އެ ދުވަހު ކޮމިޓީއަށް ހާޒިރުވި މިނިސްޓްރީގެ ބޭފުޅުން ބުނީ މިނިސްޓަރު ހާޒިރުވުން ލަސްވީ ކުއްލި ކަމެއް ދިމާވުމުން ކަމަށެވެ.

މިއަދު ބޭއްވި އެ ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެ، ކުރީގެ ބައްދަލުވުމަށް ހާޒިރުވުން ލަސްވި ސަބަބު ހާމަކޮށްދެއްވަމުން ނަހުލާ ވިދާޅުވީ، ދިމާވި ހާލަތަކާ ގުޅިގެން ހާޒިރުވުން ލަސްވާނެ ވާހަކަ މަޖިލީހަށް އެ ދުވަހު ދުވަހު އެންގި ކަމަށާއި ބައްދަލުވުން ނިންމާލިކަން އެނގިވަޑައިގަތީ މަޖިލީސް އިދާރާގައި ހާޒިރުވެ ހުންނަވަނިކޮށް ކަމަށެވެ. އަދި ގަޑިއަށް ހާޒިރު ނުވެވުމުން މައާފަށް އެދޭ ކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑުމެންގެ މި ކޮމިޓީގައި ތިއްބަވަނީ ހުސް ފިރިހެން ބޭފުޅުން. އެހެންވީމާ އަޅުގަނޑު ގަޑިއަށް ހާޒިރުވާއިރު ވަޒީރެއްގެ ކުރިން އަޅުގަނޑަކީ އިންސާނަކަށްވީތީ، އަންހެނަަކަށްވީތީ ދިމާވާނެ ހާލަތެއް އޮވެދާނެޔޭ، އެގޮތުން އަންހެނުންނަކީ ކޮންމެ މަހަކު އެއްފަހަރު މައްސަރު ކަންތައް ލައިގަންނަ ބައެއްވީމަ، އެހެންވީމަ އެއީ އަޅުގަނޑު ކުޑަކޮށްވެސް އިހުތިރާމު ކުޑަކުރުމުގެ ގޮތުން މަޖިލީހަށް ލަހުން އައީކީ ނޫންކަން މެންބަރުންގެ މައުލޫމާތައްޓަކައި ދަންނަވަން،” ނަހުލާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.