Fri, 30 September, 2022, 5:37 pm
ހުޅުމާލެ މަތިން ފޭސް 1 އަދި ފޭސް 2 --- ހަފްތާ ފޮޓޯ: މުހައްމަދު ހައްޔާން

މާލޭ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގާ ‘ބިންވެރިޔާ ސްކީމް’ އާއި މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް ހިންގާ ‘ގެދޮރުވެރިޔާ’ ސްކީމްގެ ދަށުން ގޯއްޗަށާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ

އެ ދެ ސްކީމް އެދި ހުށަހެޅުމުގެ އެންމެފަހު މުއްދަތެއްގެ ގޮތުގައި ކުރިން އޮތީ މި މަހުގެ 26ގެ ނިޔަލަށެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ‘ބިންވެރިޔާ’ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯއްޗާއި ‘ގެދޮރުވެރިޔާ’ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މުއްދަތު އިތުރުކުރީ މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުގައި މާލޭ މީހެއް ކަމަށް މާނަކޮށްފައިވާ މާއްދާއަށް ގެނައި ބަދަލާ ގުޅިގެން ކަމަށްވެސް ބުނެފައިވެ އެވެ.

އެ މާއްދާގައި ކުރިން އޮތް ގޮތުން، މާލޭގެ ރައްވެއްސެއް ކަމުގައި ބަލާނީ އެހެން ތަނެއްގެ ރަޖިސްޓްރީގައި ޖެހިފައި ނުވާ މީހުންނެވެ. 
ނަމަވެސް ބުރާސްފަތި ދުވަހު ގެނައި އިސްލާހުގައި ބުނަނީ “މާލޭގެ ރައްޔިތެއް” ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރެޖިސްޓަރީގައި ޖެހިފައި ނުވާ މީހުންނަށް ކަމަށާއި އެކަމަކު އެ މީހެއްގެ މަންމައަކީ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތެއް ކަމަށްވެފައި، ސަރުކާރުން ހިންގާފައިވާ ސިޔާސަތެއްގެ ސަބަބުން ނުވަތަ ކަނޑައަޅާފައިވާ ގަވާއިދެއްގެ ސަބަބުން ނުވަތަ އުސޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރެޖިސްޓަރީގައި ޖެހުމަށްފަހު، މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި އެ މީހަކު ރަޖިސްޓަރީވެފައިވާ ނަމަ، އެފަދަ މީހުން ބަލާނީ މާލޭގެ ރައްޔިތުންގެ ގޮތުގައި ކަމަށެވެ.

ގޯއްޗަށް ކުރިމަތިލެވެނީ ހަމައެކަނި މާލޭ މީހުންނަށް ކަމަށްވި ނަމަވެސް  ‘ގެދޮރުވެރިޔާ’ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ފްލެޓުތަކަށް، މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށްވެސް ކުރިމަތިލެވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.