Fri, 30 September, 2022, 6:13 pm

ކިނޮޅަހު ބަނދަރުގެ 60 ޕަސެންޓް ނިމިއްޖެ

ރ. ކިނޮޅަސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 60 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

މި މަޝްރޫއު 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 8، 2021ގަ އެވެ. މިއީ 45 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

އެ މަޝްރޫއުގެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ނެރު ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މަޝްރޫއުގެ ދަށުން:

  • 15،252 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރާނެ
  • 31،726 ކިއުބިކް މީޓަރަށް ބަނދަރަށް އިތުރުކުރެވޭ ބައި ފުންކުރާނެ
  • 1،920 ކިއުބިކް މީޓަރަށް ބަނދަރަށް ވަންނަ ނެރު ފުންކުރާނެ
  • 162 މީޓަރު ގްރޮއިން ޖަހާނެ
  • 285 މީތަރު ބޮޑު ހިލައިގެ ބޭރުތޮއްޓެއް ޖަހާނެ
  • 65 މީޓަރު ރިވެޓްމެންޓު ޖަހާނެ
  • 186 މީޓަރު ސްކޯރުން އެޕްރޮން ޖަހާނެ
  • 2 ނެވިގޭޝަން ލައިޓު ހަރުކުރާނެ
  • 160 މީޓަރު ކޮންކްރިޓު ކާބް ޖަހާނެ
  • 186 މީޓަރު އެއްގަމު ތޮއްޓެއް ޖަހާނެ
  • 10 މީރުން ބޮއި ހަރުކުރާނެ
  • 10 މީޓަރު 9 މީޓަރުގެ ރޭމްޕެއް ހަދާނެ
  • 18 މަގުބައްތި ހަރުކުރާނެ
  • 1،663.36 އަކަ މީޓަރުގެ ޕޭވްމަންޓު ހަދާނެ

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.