Fri, 30 September, 2022, 5:59 pm

އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ރާއްޖޭން ބުރޫނާއީ ބަލިކޮށްފި

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ބުރޫނާއީ ދާރުއްސަލާމް ބަލިކޮށްފި އެވެ.

ބުރޫނާއީގެ ޓްރެކް އެންޑް ފީލްޑް ހަސަނަލް ބޮލްކިއާ ސްޕޯޓްސް ކޮމްޕްލެކްސްގައި މިއަދު ކުޅުނު މެޗު ރާއްޖޭން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ރާއްޖޭން ރަނގަޅު ޕާސިން ގޭމެއް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި އިރު، ރޭއްޖޭގެ ފުރަތަމަ ގޯލު މެޗުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކުރީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. މިއީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ދިން ޕާހަކުން އިއްބެ ކާމިޔާބުކުރި ގޯލެކެވެ.

ދެ ވަނަ ހާފު ފެށިގެން ބުރުނާއީން ކުޅުން ރަނގަޅުކޮށް، ހާފުގެ ކުރީކޮޮޅުގައި ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ރާމްލީ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

މެޗުގައި ރާއްޖޭން ދެވަނަ ގޯލެއް ޖަހައި، ލީޑު ފުޅާކުރީ މެޗުގެ 74 ވަނަ މިނެޓުގަ އެވެ. މިއީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ހަމްޒާ މުހައްމަދު (ހަމްޕު) ކާމިޔާބުކުރި ގޯލެކެވެ.

ރާއްޖޭގެ ތިންވަނަ ގޯލު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވި ހަސަން ރާއީފް އަހުމަދު (ހަންނަ) ޖެހީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ ތެރޭގަ އެވެ. މިއީ ހަންނަ ރާއްޖޭގެ ސީނިއާ ގައުމީ ޓީމަށް ޖަހައިދިން ދެވަނަ ލަނޑެވެ.

ބުރުނާއީގައި ރާއްޖޭން އެކުވެރިކަމުގެ ދެ މެޗު ކުޅޭނެ އެވެ. ދެވަނަ މެޗުގައި ރާއްޖެ ނުކުންނާނީ މި މަހުގެ 24 ވަނަ ދުވަހު ލާއޮސްއާ ދެކޮޅަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.