Fri, 30 September, 2022, 5:52 pm
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދު ---

މަސްވެރިންނަށް ކޯލްޑް ސްޓޯރޭޖްތައް ގާއިމުކޮށް، އައިސް ލިބޭނެ ކްރެޑިޓް ސްކީމެއް ތައާރަފުކުރަނީ

މަސްވެރިން ބާނާ މަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖުތަކެއް ގާއިމުކޮށްދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިފްކޯގެ 14 އައިސް ޕްލާންޓާއި އެކަމާ ގުޅޭ ތަކެއްޗާއި މުވައްޒަފުން ފެނަކައާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، އައިސް ޕްލާންޓުތައް ހިންގުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާގައި ހުއްޓިފައި ހުރި ނުވަތަ މަރާމާތު ކުރަންޖެހޭ ޕްލާންޓުތައް ދެނެގަނެ, އެކަންކަން ހައްލުކޮށް އެ ޕްލާންޓުތައް 24 ގަޑިއިރު ހިންގާލެވޭނެ ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ.

އަދި ދެވަނަ ކަމެއްގެ ގޮތުގައި ޕްލާންޓުތައް ހިންގުމަށް ހިނގާ ހަރަދުކުޑަކުރުމުގެ ގޮތުން އެތަންތަން ކޭބަލް ނެޓްވޯކާ ގުޅާލައި, ސޯލާ ޕެނަލް ހަރުކުރެވެން ހުރި ތަންތަނުގައި ސޯލާ ހަރުކުރާނެ ކަމަށް ވިދާޅުވި އެވެ.

“ވިސްނުމުގައި އެބަހުރި އައިސް ޕްލާންޓް އޮޕަރޭޓްކުރާ ތަންތަނުގައި މަސްވެރިންނަށް ކޯލްޑް ސްޓޯރޭޖްތަކެއް, ލޮކާތަކެއް ގާއިމުކޮށްގެން އެތަންތަނުގައި މަސް ރައްކާކޮށްގެން ވިއްކޭނެ ނިޒާމެއް ގާއިމުކުރުން: އަޅުގަނޑަށް ގަބޫލުކުރެވެނީ އެފަދަ ނިޒާމަކުން މިކަން ކުރެވިއްޖެ ނަމަ މަސްވެރިން ބާނާ މަހަށް މި ސަރުކާރުން ވަރަށް ބޮޑު ތަސައްލީއެއް އެ ހޯދައިދެވެނީ. އެއީ ދުރުރާސްތާ ވިސްނުމެއް, ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންދާނަން,” ސައީދު ވިދާޅުވި އެވެ.

އޭގެ އިތުރުން މޫސުމީ މަސްވެރިކަމަށް ބަލާފަ މަސްވެރިންނަށް އައިސް ލިބުމުގައި ކްރެޑިޓް ސްކީމެއްވެސް ތައާރަފުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.