Fri, 30 September, 2022, 10:47 am
ނަބީލް ---

ޓިކްޓޮކުގައި ބަރަހަނާވެ، އޮރިޔާން ކާޑު އުފެއްދި ޔާޔާ ނަބީލު 1 އަހަރަށް ޖަލަށް

ޓިކްޓޮކުގައި ބަރަހަނާވެ، އޮރިޔާން ކާޑު އުފެއްދި ގ. ކަމަރާގެ/ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) 1 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ބަރަހަނާ ވީޑިއޯ އާއި ފޮޓޯ އާންމުކުރި މައްސަލާގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނަބީލު ހައްޔަރުކުރި އެވެ. ނަމަވެސް ކޯޓުން އޭނާ ދޫކޮށްލަނީ އެވެ. ނަބީލް އެންމެ ފަހުން ހައްޔަރުކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

ނަބީލުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ އޮރިޔާންކާޑު ގެންގުޅުމާއި އޮރިޔާންކާޑު ހެދުމުގެ ދައުވާ އެވެ.

އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާގެ ޖިންސީ ގުނަވަން އެހެން މީހުންނަށް ހާމަކުރުމުގެ ގޮތުން އަމިއްލައަށް ބަރަހަނާވެ، އޮރިޔާން ކާޑު އުފައްދައި، އިންޓަނެޓް މެދުވެރިކޮށް އޭނާ އުފެއްދި އޮރިޔާން ކާޑު އާންމުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ފެނުނު ލެޕްޓޮޕްގެ ހާޑް ޑިސްކުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާޢި ވީޑިއޯ ފެނިފައިވާތީ ކަމަށް ބުނެ އެވެ.

އެ ދައުވާއަށް ނަބީލު އިންކާރު ކުރި ނަމަވެސް ޝަރީއަތުން ނިންމީ އެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކި ގަރީނާއަށް ބަލައި އިރު، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާތީ، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ.

އެހެންކަމުން އެ ކުށުގެ އުގޫބާތެއްގެ ގޮތުން، ނަބީލު 1 މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލާން ހުކުމްކުރި އެވެ.

ނަބީލުގެ މައްޗަށް އޮރިޔާންކާޑު ހެދުމުގެ ދައުވާ އުފުލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި ޓިކްޓޮކް މެދުވެރިކޮށް އޭނާގެ ޖިންސީ ގުނަވަން ދައްކައި، ޖިންސީ އަމަލު ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހަދާފައިވާތީ އެވެ.

އެ ދައުވާއަށްވެސް ނަބީލު ވަނީ އިންކާރުކޮށްފަ އެވެ. ނަމަވެސް ޝަރީއަތުން ނިންމީ އެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކި ގަރީނާއަށް ބަލައި އިރު، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާތީ، އޮރިޔާންކާޑު ހެދުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ.

އެހެންކަމުން އެ ކުށުގެ އުގޫބާތެއްގެ ގޮތުން، ނަބީލު 1 އަހަރަށް ޖަލަށް ލާން ހުކުމްކުރި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.