Mon, 28 November, 2022, 10:32 am

ބްލެކްމެއިލް ކުރި މައްސަލާގައި ހައްޔަރުގައި ތިބި ތިން މީހުންގެ ފޮޓޯ އާންމުކޮށްފި

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި، ބުލެކްމެއިލް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑުކޮށް، އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް ލީކުކޮށްލި މައްސަލައާ ގުޅިގެން ހައްޔަރުގައި ތިބި މީހުންގެ ފޮޓޯއާއި ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ޖުމުލަ ފަސް މީހަކު ހައްޔަރުކުރި ނަމަވެސް، އޭގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައި ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުންގެ ބަންދުގައި ތިބި ތިން މީހުންނަކީ:

  • ބ. ދަރަވަންދޫ/ އަކިރި، ހަމްދޫން އަބްދުﷲ (37އ)
  • ބ. ދަރަވަންދޫ/ ހީމަ، މުހައްމަދު މިހާދު މުސްތަފާ (24އ)
  • ށ. ފުނަދޫ/ ސީސްޓާ، މައުމޫން މޫސާ (41އ)

 

މި މީހުންގެ ތެރެއިން ހަމްދޫނަކީ ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއްޖިންސުން ގުޅުން ހިންގައި، އެ މަންޒަރުތައް ފޯނުން ރެކޯޑްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި ބޮސްގެ ގޮތުގައި މުހާތަބުކުރާ މީހެކެވެ.

އޭނާ އާއި މިހާދު ހައްޔަރުކުރީ މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. ހަމްދޫންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ އިރު މިހާދުގެ ބަންދަށް ދީފައިވަނީ 7 ދުވަހެވެ.

މައުމޫން މޫސާ ހައްޔަރުކުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އަދި އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.