Thu, 8 December, 2022, 12:25 pm

ނަޝީދު މަޖައްލާއެއް ނެރުއްވަނީ، ފުރަތަމަ އަދަދުގައި ޓެކުހުގެ ނިޒާމާއި ފޫޅުމައިދައިތަ އާބެހޭ ލިޔުމެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ނޫސް މަޖައްލާއެއް ނެރުއްވުމަށް ތައްޔާރުވެއްޖެ އެވެ.

ނަޝީދުގެ ޕަބްލިޝިން ހައުސް، އޯޝަން ޕަބްލިޝާޒް އިން ކޮންމެ ދުވަހަކު ނެރެން ނިންމާފައިވާ އެ މަޖައްލާގެ ނަމަކީ “އޯޝަން ވީކްލީ” އެވެ. އެ މަޖައްލާގެ ފުރަތަމަ އަދަދު ނެރެން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

މަޖައްލާގެ ބޭރުގަނޑުން ފެންނަ ގޮތުން ފުރަތަމަ އަދަދުގެ މައިގަނޑު މައުޟޫއަކީ ޓެކުހުގެ ނިޒާމާއި ސަރުކާރުގެ އާމްދަނީ އިތުރުވުމާއި ތަކެތީގެ އަގު އުފުލުމެވެ. އޭގެ އިތުރުން މަޖައްލާގައި ތިމާވެއްޓާއި ކުޅިވަރު ލިޔުމެއް ހިމަނާފައިވާ އިރު، އިޖުތިމާއީ ލިޔުމެއްގެ ގޮތުގައި ހިމަނާފައިވަނީ ފޫޅުމައިދަތަމެންނާ ގުޅޭ ލިޔުމެކެވެ.

ފަންސާސް ރުފިޔާއަށް ވިއްކާ މި މަޖައްލާ ބުކްޝޮޕްތަކުންނާއި ބައެއް ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓްތަކުންވެސް ލިބެން ހުންނާނެ އެވެ.

ސިޔާސީ މައިދާނަށް ނުކުންނެވުމުގެ ކުރިން “ސަންގު” ނޫހަށް ލިޔުއްވި އަދި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ނަޝީދަކީ ދިވެހި ބަހާއި ތާރީހަށް ލޯބިކުރައްވާ މޮޅު ލިޔުންތެރިއެކެވެ.

އެ މަނިކުފާނު އެންމެ ފަހުން ބާޒާރަށް ނެރުނު ފޮތަކީ 2020 ވަނަ އަހަރު ނެރުނު “ދެރަދުން” ނެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.