Mon, 28 November, 2022, 10:50 am

އެމްޓީސީސީ ރައްޔިތުންގެ ތަނަކަށް ވާނެ ކަމާއި އާޒިމް އެކަން ކުރާނެކަން ޔަގީންވެއްޖެ: ރައީސް

އެމްޓީސީސީއަކީ ރައްޔިތުންގެ ކުންފުންޏަކަށް ވާނެކަމުގެ ޔަގީންކަމާއި އިތުބާރު ލިބިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އާރުޓީއެލް ފެރީ ނިޒާމުގެ ޒޯން 1ގެ ދަތުރުތައް ރަސްމީކޮށް އިފުތިތާހުކުރުމަށް ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ, އާރުޓީއެލްއަކީ ރަށްރަށުގެ މެދުގައި ކުރިން އޮތް ދުރުކަމާއި ހުސްކަމާއި ފޫހިކަން މަޑުމަޑުން ނައްތާލާނެ ވަސީލަތެއް ކަމަށެވެ.

އަދި އާރުޓީއެލް ގެނެސްދިން ބޮޑު ބަދަލާއި ފަސޭހަޔާއެކު ލިބުނު މާބޮޑު އެހެން އިތުބާރަކާއި ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

“އެމްޓީސީސީއަކީ ރައްޔިތުންގެ ކުންފުންޏަކަށް ވާނެ ކަމާއި، ސީއީއޯ އާދަމް އާޒިމް އެކަން ކުރައްވާނެކަން. އެ ޓީމުގެ ބުރަ، މިންނެތް، އިހުލާސްތެރި މަސައްކަތް ނުވިނަމަ، މިރޭގެ މި ޖަލްސާ ބޭއްވުމަށް އަދި އެތައް ދުވަހެއް ނެގީސް. އެކަމަށްޓަކައި އާޒިމަށާއި، އެމްޓީސީސީގެ މުޅި ޓީމަށް ހިފެހެއްޓުމެއްނެތި ޝުކުރާއި ސާބަސް އަޅުގަނޑު ދަންނަވަން,” ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, މި ޖަޒީރާ ރާއްޖެ ތަސައްވުރަށް އަމަލީ ސިފަ ގެނައުމުގައި ޓީމް އެމްޓީސީސީން ކުރަމުން ގެންދަނީ ބުރަ އެކަމަކު އިތުބާރު ހުރި މަސައްކަތްތަކެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.