Thu, 8 December, 2022, 12:26 pm

ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

ހއ. ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމާއި ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމާއި ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދާއި އެމްޓީސީސީ ސީއީއޯ އާދަމް އާޒިމް ބައިވެރިވެ ވަޑައިގެންނި އެވެ.

ހއ. އަތޮޅުގެ އާބާދީ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ހޯރަފުށީގެ 11 މަގެއްގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކުރީ އޭޕްރިލް 2021ގަ އެވެ. އެ މަސައްކަތް އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިފުތިތާހުކުރި ނަމަވެސް އަމަލީ މަސައްކަތް ފެށީ މިއަހަރުގެ ޖަނަވަރީ މަހުގެ އެވެ.

މަޝްރޫއުގެ ތަފުސީލު:

  • މަޝްރޫއުގެ އަގު: 71.90 މިލިއަން ރުފިޔާ
  • 11 މަގެއް, ޖުމުލަ 5.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީކުރާނެ
  • 25,909 އަކަ މީޓަރުގެ ސަރަހައްދެއްގައި 40 މިލިމީޓަރުގެ ތާރު އަޅާނެ
  • މަގުމަތީ ނިޝާން ހަރުކުރާނެ
  • 11,113.90 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ
  • ސައިން ބޯޑާއި މަގު ބައްތި ހަރުކުރާނެ

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.