Thu, 8 December, 2022, 11:50 am
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް --- ހަފްތާ ފޮޓޯ

އެމްޓީސީސީ އަށްވުރެ ވަކި އަވަހަށް މަސައްކަތް ކުރެވޭނެ ބަޔަކު ރާއްޖެއިން ބޭރުން ނުގެނެވޭނެ: އާޒިމް

އެމްޓީސީސީއަށް ވުރެ ވަކި އަވަހަކަށް މަސައްކަތް ކުރެވޭނެ ބަޔަކު ރާއްޖެއިން ބޭރުންވެސް ގެނެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ, ރާއްޖޭގައި ހިންގާ މަޝްރޫއުތަކަކީ ރައްޔިތުންގެ ފައިސާއިން ކުރާ މަސައްކަތަކަށްވާތީ އެ މަސައްކަތެއް އަވަހަށް ނިންމައި, އެ ފައިސާގެ ނަފާ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް ހޯދައިދިނުމަކީ އަދުގެ ސަރުކާރުގެ ވިސްނުން ކަމަށެވެ.

އެގޮތަށް އެމްޓީސީސީގެ އަމާޒަކީވެސް ފަށާ މަސައްކަތެއް އަވަހަށް ފަށައި, އެންމެ އަވަހަށް ނިންމުން ކަމަށާއި މުވައްޒަފުންނާއި މެޝިނަރީޒްގެ ގޮތުންވެސް އެ ގާބިލުކަން ކުންފުނީގައި އެބަހުރި ކަމަށް ވިދާޅުވި އެވެ.

“އެމްޓީސީސީގެ މޭންޕަވާ ކަޕޭސިޓީގަވެސް އަދި މެޝިނަރީޒްގެ ކެޕޭސިޓީގައިވެސް މިއަދު މިހުރީ ދުނިޔެއިންވެސް ލިބޭނެ އެންމެ ރަނގަޅު އެއްޗެހި. ދުނިޔޭގެ އެންމެ ރަނގަޅު ޔުނިވާސިޓީތަކުން ކިޔަވައިގެން ތިބި ކުދިން މިތިބީ. އަޅުގަނޑުމެންގެ މެނޭޖްމަންޓް ޓީމަކީވެސް އެންމެ ވަރުގަދަ މެނޭޖްމަންޓް ޓީމް ރާއްޖޭގައި މިވަގުތު އޮތް,”

“އަޅުގަނޑުމެންނަކަށް ނުފެނޭ އެމްޓީސީސީއަށްވުރެ ވަކި އަވަހަށް މަސައްކަތް ކުރެވޭނެ ބަޔަކު ރާއްޖެއިން ބޭރުން ގެނެވޭނެ ކަމަކަށްވެސް,” އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ, ކުރިއާ ހިލާފަށް މިއަދު އެމްޓީސީސީން މަސައްކަތަކަށް އަރާނީ ރަނގަޅަށް ޕްލޭންކޮށް އެކަމަށް ބޭނުންވާ އާލާތްތަކާއި މީހުންވެސް ގޮވައިގެން ކަމަށެވެ. އަދި ރައްޔިތުން އެމްޓީސީސީއަށް އިތުބާރުކުރަން ފެށީ އެގޮތަށް މަސައްކަތް ކުރަން ފެށުމުން ކަމަށާއި އެއީ ކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

“އެއްވެސް ރަށެއްގެ އެއްވެސް ރައްޔިތަކު މިއަދު ޝައްކެއް ނުކުރާނެ އެމްޓީސީސީން މަސައްކަތަކަށް ގޮސްފިއްޔާ އެ މަސައްކަތެއް ނުނިންމާނެ ކަމަކަށް އަދި ގަޑިއަށް ނިންމާނެ ކަމުގެ ޔަގީންކަން މިއަދު ރައްޔިތުންނަށް އޮވޭ,” އާޒިމް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.