Mon, 28 November, 2022, 10:24 am

ޔޯގާ ހަމަނުޖެހުން: 16 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ބޭއްވި އެއްވުމުގެ ބައިވެރިން، ދަނޑު ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލާގައި 14 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ، އެ މައްސަލާގައި ހަތް މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ އަދި ހަތް މީހެއްގެ މައްޗަށް ހަމަ އެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އުފުލައި އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދައުވާ ދެ މީހަކަށް ކޮށްފައިވެ އެވެ. އެއީ ޝައިހް ފަޒުލޫން އާއި ޝައިހް އާދަމް ނިޝާނެވެ. އެ ދައުވާގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ އުފުލި މީހުން:

 1. މއ. ކަނުހުރާ، މުހައްމަދު ޒިލިއަން
 2. ތ. ތިމަރަފުށި/ ނަރުގިސްވިލާ، އަބްދުالله ރިފާއު
 3. ނ. މިލަދޫ/ ކާނޭޝަންމާގެ، އަބޫބަކުރު ފާރިއު
 4. ރ. ކަނދޮޅުދޫ/ އަލަމާގެ، އަހުމަދު އަކްސަމް
 5. ގއ. މާމެންދޫ/ އަސްރަފީވިލާ، އަހުމަދު ނަސޫހް
 6. މ. ކުދެހިގެ/ ހަސަން ޝިފާޒު
 7. ފ. ދަނބުރުދޫ/ އާބާދީގުލްޝަން، ޝަބިމް އާދަމް

މި ދައުވާ ސަބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލި މީހުން:

 1. ހއ. ހޯރަފުށީ/ ޔާގޫތުގެ، މުހައްމަދު އިސްމާއިލް
 2. ގ. ފީނިކްސް/ އަބްދުالله ނިޔާޒު
 3. ތ. ތިމަރަފުށި/ އަލީއާބާދު، އަލީ މުހައްމަދު
 4. ނ. ވެލިދޫ/ މިލާނޯ، އިބްރާހިމް ޒިހާނު
 5. ލ. މުންޑޫ/ އަންނާރުމާގެ، މުހައްމަދު ޝާން
 6. ހދ. ކުޅުދުއްފުށި/ ބާބޫގެ، ހުސެއިން އަލީ
 7. މ. ފަޅުމަތީގެ/ އަހުމަދު އަލީ

މި ދައުވާ ސަބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.