Fri, 29 March, 2024, 4:48 am

ހަމަނުޖެހުން ހިންގި އިރު، މުހައްމަދު އިސްމާއީލް ދަނޑަކު ނުހުންނާނެ, ދައުވާ އަބުރާ ގެންދޭ: ޕީޕީއެމް

މިދިިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ބޯޅަދަނޑުގައި ހަރަކާތެއް ކުރިއަށް ދަނިކޮށް އެތަނަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގި މައްސަލާގައި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާ މުހައްމަދު އިސްމާއީލަށް ޓެރަރިޒަމްގެ ދައުވާކުރުމުން އެކަން ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ކުށްވެރިކޮށްފި އެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން މުހައްމަދު އިސްމާއިލްގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއާއި ގާނޫނުލްއުގޫބާތުގެ ދަށުން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށަހެޅި އިއްޔެ އެވެ.

އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ, ހަމަނުޖެހުމުގައި ބައިވެރިނުވާ އެތައް ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން ފޮނުވުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭގެ ތެރޭގައި މުހައްމަދު އިސްމާއިލްވެސް ހިމެނިފައިވީ ނަމަވެސް, އޭނާ ގަލޮޅު ދަނޑަށް އެދުވަހު ވަދެފައި ނުވާ ކަމަށާއި އަދި އޭނައަކީ ހަމަނުޖެހުން ހިނގި އިރު, އެތާ ހުރި މީހެއްވެސް ނޫން ކަމަށް ބުންޏެވެ.

އެހެންކަމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އެ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް, ނިންމުން އަނބުރާ ގެނައުމަށް އިދިކޮޅުން ވަނީ ގޮވާލައިފަ އެވެ.

އިދިކޮޅުން ބުނީ, ޔޯގާ ހަމަނުޖެހުމާ ގުޅުވައި ގިނަ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ އިންޑިއާ ސަރުކާރުން އަންގާފައިވާ ގޮތަށް ބޭރު ދުނިޔެއަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށެވެ. އަދި އެ ދުވަހުގެ ހަމަނުޖެހުމަކީ ވަރަށް ބޮޑަށް ޕްލޭންކޮށްގެން ސަރުކާރުން ކުރުވާފައިވާ ކަމެއް ކަމުގައި ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.