Thu, 8 December, 2022, 1:53 pm

ޕްރައިވެޓް ސެކްޓަރުން ހިންގާ ސިނާއަތްތަކަށް ސަރުކާރުން ނުވަނުމުގެ ހެޔޮ ނަތީޖާ ފެނިއްޖެ: ރައީސް

އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާ ފެނިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ގާލާ އީވްނިންގައި ރައީސް ވިދާޅުވީ, ދިވެހި ފަތުރުވެރިކަމުގެ މި 50 އަހަރުގެ ތަޖުރިބާއިން ގައުމީ ތަރައްގީއާ ގުޅިފައިވާ ސިނާއަތްތައް ތަރައްގީ ކުރުމުގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ ދެމެދުގައި އޮންނަންޖެހޭ ގުޅުން ފެނިގެން ހިނގައްޖެ ކަމަށެވެ.

އަދި ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ސިނާއަތަކަށް ދިވެހި ފަތުރުވެރިކަން ވެގެންދިޔައީ ފުރިހަމަ މިނިވަންކަމާއެކު އެކަން ކުރުމުގެ އިހުތިޔާރު ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލާފައި އޮތުމުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދަޅުވީ, ސަރުކާރުގެ ދައުރަކީ ގައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރުން ތަރައްގީކުރާ ސިނާއަތްތަކަށް ސަރުކާރުން ނުވަދެ އަދި ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާ ފެންނަ ކަމަށް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.