Thu, 8 December, 2022, 12:28 pm
1 ނޮވެމްބަރު 2021، މާލެ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވާހަކަދައްކަވަނީ --- ފޮޓޯ: މަޖިލިސް އިދާރާ

ޝިޔާމު ނަޝީދަށް: ގޭ ކުއްޖަކު ހައްޔަރަށް ނުލައި ގޭގައި ބަންދައިގެން ތި ހުންނެވީ ކޮމްޕްރޮމައިޒް ވެފައި

ގޭ ކުއްޖަކު ހައްޔަރަށް ނުލައި ގޭގައި ބަހައްޓައިގެން އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ހުންނެވީ ކޮމްޕްރޮމައިޒް ވެފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމު އެހެން ވިދާޅުވީ ކުއްލި މަރުތައް ގިނަވާތީ އެކަމާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ.

ޝިޔާމް ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލުނު މުހައްމަދު އަޒުހާން ހޯދުމުގައި 200 މީޓަރުގެ ސަރަހައްދެއް ބަލައި ފާސްނުކުރެވުމުން ފުލުހުން އިހުމާލުވެފައިވާކަން އެނގޭ ކަމަށެވެ.

އަދި އަޒުހާންގެ މައްސަލައާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަތުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ވިޕެއް ނެރެފައިވުމަކީ ފުލުހުން އިހުމާލުވުމަށް ރައްޔިތުންގެ މަޖިލީހުންވެސް ހިތްވަރުދޭކަން އެނގިފައިވާ ކަމަށް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، މިނިވަން މުއައްސަސާތަކާއި ފުލުހުންނާއި ސަރުކާރު އިހުމާލުވުމުން އެ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އެންމެ ބޮޑު މަސްއޫލިއްޔަތެއް އޮތީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި މަޖިލީހުން އެކަން ނުކުރާތީ އިހުމާލުގެ މައްޗަށް އިހުމާލުވަމުން އަންނަ ކަމަށެވެ.

އަދި މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނަށް ރައްޔިތުންގެ ފައިސާއިން ބޮޑު ހަރަދެއް ކުރި ނަމަވެސް އެ ކޮމިޝަންތަކުން އެއްވެސް ކަމެއް ހާސިލުވެފައި ނެތް އިރު، އެ ކޮމިޝަންތައް ފެއިލްވުމުން ރައްޔިތުންގެ މަޖިލީހުން އަދާކުރަންޖެހޭ ޒިންމާވެސް މަޖިލީހުން އަދާކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ

“އަޅުގަނޑަށް މިހާރު ހީވަނީ އިއްޒަތްތެރި ރައީސްވެސް ކޮމްޕްރޮމައިޒް ވެފައި އިންހެން. ކޮމްޕްރޮމައިޒް ވެފައި ތި އިންނެވީ ގޭ ކުއްޖަކު ހައްޔަރަށް ނުލައި ގޭގަ ބަހައްޓައިގެން ކޮމްޕްރޮމައިޒް ވެފައި ތި އިންނެވީ. 42 މެންބަރުންގެ ވޯޓު ފައްޔާޒު އިސްމާއީލްގެ އަތުގައި އޮވެގެން ކޮމްޕްރޮމައިޒްވެފައި ތި އިންނެވީ,” ނަޝީދާ މުހާތަބު ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ޝިޔާމް އެހެން ވިދާޅުވީ، ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އެމްޑީ އަލަމްގިރާއެކު އެއްޖިންސުން ގުޅުންހިންގުމުގެ ކުށް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރުގެ މައްޗަށް ސާބިތުވެ ތިން މަހާއި 26 ދުވަހަށް ގޭ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ހުކުމް ކުރުމުންނެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.