Thu, 8 December, 2022, 10:04 am

ޝެހެނާޒް ބުނީ ހިކުނު ގޮތާމެދު ކުރާ ސުވާލުތަކަށް ޖަވާބުދީދީ ވަރުބަލިވެއްޖެ ކަމަށް

ރިއަލިޓީ ޝޯ ބިގްބޮސް އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޝެހެނާޒް ގިލްއަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަރިއެކެވެ. ސަލްމާން ހާންއާ އެކު ކުޅެފައިވާ ފިލްމަކާ އެކު ބޮލީވުޑަށް ތައާރަފުވުމަށް ތައްޔާރުވަމުންދާ ޝެހެނާޒް މިފަހުން ފެނިގެން ދަނީ ވަރަށް ތަފާތުކޮށެވެ.

ޝެހެނާޒްގެ ބަރުދަން ލުއިކޮށްލުމުން އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު އިރު، އޭނާގެ ސިއްރަކީ ކޮބައިކަން ހޯދަން ބޭނުންވާ މީހުންވެސް އެހާމެ ގިނަ އެވެ. ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޝެހެނާޒް ވަނީ އެކަމުގެ ވާހަކަ ދައްކައިފަ އެވެ.

އޭނާ ބުނީ ހަށިގަނޑަށް އައި ބަދަލާމެދު މީހުން ކުރާ ސުވާލުތަކަށް ޖަވާބު ދީދީ މިހާރު ވަރުބަލިވެފައިވާ ކަމަށެވެ. އަދި އޭނާގެ ބަރުދަން މިހާރު ހުރި ވަރުގައި ހިފެހެއްޓުމަށް ވަރަށް މަސައްކަތްކުރާ ކަމަށާއި ނަމަވެސް ބައެއް ފަހަރު އޭނާގެ ހަށިގަނޑު އެކަމަށް އެއްބާރުލުން ނުދޭ ކަމަށް ބުންޏެވެ.

އެގޮތުން އެތައް ދުވަހަކަށް ޑައިޓާ އެއްގޮތަށް ކެެއުމަށްފަހު ތަފާތު އެއްޗެއް ކެއުމުން އަނެއްކާވެސް ބަނޑު ނުކުންނަ ކަމަށް ބުންޏެވެ. އަދި އޭނާގެ ހަށިގަނޑު ބަރުވާ ކަމުގެ އިހުސާސް ކުރެވޭ ކަމަށް ބުންޏެވެ.

ޝެހެނާޒް ބޮލީވުޑަށް ތައާރަފުވާ ފިލްމު “ކިސީކީ ބާއީ ކިސީކީ ޖާން”، އަންނަ ޑިސެމްބަރުގައި ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ފިލްމުގައި ސަލްމާނާއި ޝެހެނާޒްގެ އިތުރުން ޕޫޖާ ހެޖްވެސް ފެނިގެންދާނެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.