Thu, 8 December, 2022, 10:04 am

އިންސްޓަގްރާމުން ވީޑިއޯ ސެލްފީ ބޭނުންކޮށްގެން އުމުރު ޔަގީންކުރާ ޓޫލެއް ތައާރަފުކޮށްފި

ރައްކާތެރިކަަން އިތުރުކުރުމުގެ ބޮޑު އަޕްޑޭޓެއްގެ ތެރެއިން އިންސްޓަގްރާމުން އެ ޕްލެޓްފޯމް ބޭނުންކުރާ ޔޫސަރުންގެ އުމުރު ޔަގީންކުރުމަށް އެހީތެރިވެދޭ ޓެކްނޮލޮޖީއެއް ތައާރަފުކޮށްފި އެވެ.

ވީޑިއޯ ސެލްފީއެއްގެ ޒަރީޔާއިން އުމުރު ދެނެގަނެވޭ މި ޓެކްނޮލޮޖީން 18 އަހަރުން ދަށުގެ ޔޫސަރުން ފާހަގަކޮށްދެ އެވެ. އެގޮތުން މިހާރު ޔޫސަރުން 18 އަހަރުން މަތީގެ އުފަން ދުވަހެއް އިންސްޓަގުރާމުގައި އެޑިޓްކުރަން މަސައްކަތް ކުރާ ނަމަ އެ ފަރާތަކުން ޖެހޭނީ އައިޑީ އަޕްލޯޑް ކޮށްގެން ނުވަތަ ވީޑިއޯ ސެލްފީއެއް ރެކޯޑް ކޮށްގެން އުމުރު ޔަގީންކޮށްދޭށެވެ.

އިންސްޓަގްރާމުން ބުނީ އުމުރު ދެނެގަންނަ އާ ޓެކްނޮލޮޖީގެ ސަބަބުން ޕްލެޓްފޯމުގައި އުމުރާ ގުޅޭ ތަޖުރިބާއެއް ޔޫޒަރުންނަށް ލިބެމުންދާކަން ޔަގީންކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

މި ޓެކްނޮލިޖީއަކީ ކުޑަކުދިންނަށް ނޭދެވޭ އަދި ގެއްލުން ލިބިދާނެ ކޮންޓެންޓުން އެ ކުދިން ރައްކާތެރި ކުރުމަށްޓަކައި އުމުރު ޔަގީންކުރުމުގެ ޓެކްނޮލޮޖީ އޮންލައިންކޮށް ލާޒިމުކުރުމަށް، އޮންލައިން ސޭފްޓީ ކެމްޕެއިން ހިންގާ ފަރާތްތަކުން ގިނަ ދުވަސްތަކެއް ވަންދެން ގޮވާލާފައިވާ ކަމެކެވެ.

ނަމަވެސް މި ހިދުމަތް މިވަގުތު ތައާރަފުކޮށްފައި ވަނީ އިނގިރޭސި ވިލާތުގައި އެކަންޏެވެ. އިންސްޓަގުރާމުގެ އުމުރު ލަފާކުރުމުގެ ނިޒާމުގައި އެ ކުންފުނިން މަސައްކަތް ކުރަނީ މި ޓެކްނޮލޮޖީއަށް ހާއްސަ އިނގިރޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ ޔޯޓީއާ އެކުގަ އެވެ.

އެ ދެ ކުންފުނިން ބުނީ ޔޫޒަރަކު ސެލްފީ ރެކޯޑް ކުރުމަށްފަހު އެ ސެލްފީ ޝެއާ ކުރަނީ ޔޯޓީ އާއެކު ކަމަށާއި އެ ސެލްފީގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މޫނުގެ ސިފަތައް ތަހުލީލުކުރުމަށްފަހު އުމުރުގެ އަންދާޒާއެއް އިންސްޓަގުރާމްއާ ހިއްސާކުރާ ކަމަށެވެ.

އެ މީހުން ފާހަގަކުރާ ގޮތުގައި ޔޯޓީގެ ޓެކްނޮލޮޖީއަކީ މޫނު ދެނެގަތުމުގެ ޓެކްނޮލޮޖީއެއް ނޫނެވެ. އެހެންކަމުން އެއްވެސް މީހަކީ ކާކު ކަމެއް ދެނެގަތުމުގެ ބަދަލުގައި އެ ޓެކްނޮލޮޖީން ހަމައެކަނި ކުރާނެ ކަމަކީ އެ ދައްކާ މޫނުގެ އުމުރު އަންދާޒާ ކުރުމެވެ.

އިންސްޓަގްރާމުން ބުނީ މި ޕްރޮސެސްގެ ތެރޭގައި އެއްވެސް އެކައުންޓެއްގެ ތަފުސީލެއް ޔޯޓީއާ ހިއްސާ ނުކުރާނެ ކަމަށެވެ. އަދި އުމުރު ލަފާކުރުމަށް ފަހު ޔޯޓީއާއި އިންސްޓަގްރާމުންވެސް ވަގުތުން އެ ތަސްވީރު ޑިލީޓް ކުރާނެ ކަމަށް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.