Thu, 8 December, 2022, 1:27 pm
ޔޫއޭއީގައި ހަދާފައިވާ ރަސް އަލް ހައިމާ ސިޓީގެ ވިލާތައް: އެޗްޑީސީން ވަނީ ހުޅުމާލެ ފޭސް 2 ގައި އެ ކޮންސެޕްޓަށް ޕްރިމިއަމް ވިލާތަކެއް ހަދަން ބަޔަކާ ހަވާލުކޮށްފައި ----

ލަގްޒަރީ ދިރިއުޅުމެއް ބޭނުންވާ މީހުންނަށް, ހުޅުމާލެ ފޭސް 2ގައި ޕްރިމިއަލް ވިލާތަކެއް ހަދަނީ

ލަގްޒަރީ ދިރިއުޅުމެއް އުޅެން ބޭނުންވާ މަހުޖަނުންނަށް ހާއްސަކޮށްގެން ހުޅުމާލެ ފޭސް 2 ގައި ޕްރިމިއަމް ވިލާތަކެއް ހަދަން ބެޗް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.

މީރުމާގެ އިވެންޓްސް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.

މި ވިލާތައް ހަދަނީ އެޗްޑީސީން ތަރައްގީކުރަން ނިންމާފައިވާ ޓޫރިޒަމް އައިލެންޑާ ކައިރީގައި ތިން ލައްކަ އަކަފޫޓުގެ ބިމެއްގަ އެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖެއަށް އަލަށް ބީޗް ފްރަންޓް ހޯމް, ޑުޕްލެކްސް ޓައުންހައުސް، ޓައުންހައުސް ތައާރަފު ކުރެވޭނެ އެވެ. މިއިން ކޮންމެ ޔުނިޓެއްގައި 2000 އަކަފޫޓު ހުންނަ އިރު, ވިލާ ފަރުމާކޮށްފައި ހުންނާނީ 1200 އަކަފޫޓުގެ ޖާގަ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެހެންނެވެ.

އޭގެ އިތުރުން، ސެމީ ގާޑެޑް ސެކުއިރިޓީ، ޕްރައިވެޓް ނެއިބާހުޑް، ރެސިޑެންޓް ބަގީޗާ، ގާޑްރޫމް، ޕޮލިސް ޕޯސްޓް އަދި ކްލަބް ހައުސްގެ ޚިދުމަތްތައް މި ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާއިރު, އެކްލޫސިވްކޮށް ލެޕް ޕޫލް، ޕޫލް ހައުސް، ވެލްނެސް ސެންޓަރު، ރިކްރިއޭޝަން ސެންޓަރު، މަލްޓި ޕާޕޮސް އިވެންޓް ހޯލާއި ކޮމާޝަލް ކޮމްޕްލެކްސްގެ ހިދުމަތްވެސް ލިބޭނެ އެވެ.

މި މަޝްރޫއަށް އިންވެސްޓަރުން ހޯދަން އިއުލާނުކޮށް އެޗްޑީސީން ތައްޔާރުކުރި ލުއި ފޮތުގައިވާ ގޮތުން, މި ވިލާތައް ހަދާނީ ދުބާއީގެ އަރަބިއަން ރޭންޗަސް އާއި ޖުމެއިރާ އައިލެންޑް އަދި ރަސް އަލް ހައިމާގެ އަލް ހަމްރާ ވިލޭޖުގެ ކޮންސެޕްޓަށެވެ.

އަދި މި މަޝްރޫއަށް ގާތްގަނޑަކަށް 67.8 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ބިލިއަނެއްހާ ރުފިޔާ އިންވެސްޓް ކުރަންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.