Thu, 8 December, 2022, 10:02 am
ޝީއިންގެ އިސްތިހާރެއް

ޝީއިން ރާއްޖެއަށް އަނެއްކާވެސް ފްރީ ޝިޕިން ފަށައިފި

ދުނިޔޭގެ އެންމެ މަގުބޫލު ފާސްޓް ފެޝަން ބްރޭންޑް އަދި ގިނަ އަދަދެއްގެ ދިވެހިން މެދުގައި މަގުބޫލު ޝީއިން އިން ރާއްޖެއަށް އަނެއްކާވެސް ފްރީ ޝިޕިން ފަށައިފި އެވެ.

މީގެ ކުރިން ޝީއިން އިން 200 ޑޮލަރަށްވުރެ ގިނައިން ވިޔަފާރިކުރާ ނަމަ ރާއްޖެއަށް އެ ތަކެތި ހިލޭ ޝިޕްކޮށްދެ އެވެ. ނަމަވެސް މިދިޔަ އޮގަސްޓް މަހުން ފެށިގެން ޝީއިން އިން އޯޑަރު ކުރާ ކޮންމެ އެއްޗަކުން 30 ޑޮލަރު ޝިޕިން ފީ އެއް ދިޔައީ ނަގަމުންނެވެ.

އަދި އެއް އޯޑަރެއްގައި އެކައްޗަށް ވުރެ ގިނަ އެއްޗެހި ހިމަނާ ނަމަ، ޝިޕިން ފީއެއްގެ ގޮތުގައި ފުރަތަމަ އައިޓަމުން 30 ޑޮލަރު އަދި ފަހުން ހިމަނާ ކޮންމެ އެއްޗަކުން ފަސް ޑޮލަރު ނަގަން ނިންމި އެވެ.

އެ ނިންމުން ބަދަލުކޮށް ޝީއިން އިން މިހާރު ވަނީ ރާއްޖެއަށް އަނެއްކާވެސް ފްރީ ޝިޕިން ފަށައިފަ އެވެ.

ނަމަވެސް ޝީއިންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، ރާއްޖެއަށް ދެން ހިލޭ ޝިޕްކޮށްދޭނީ 250 ޑޮލަރަށްވުރެ ގިނައިން ވިޔަފާރިކުރާ ނަމަ އެވެ. އަދި އެއަށްވުރެ މަދުން އެއްޗެހި ގަނެ، ޝިޕްކުރަން ބޭނުންވާ ނަމަ 24.90 ޑޮލަރު ނަގާނެ ކަމަށް ބުނެފައިވެ އެވެ.

ޒާރާ އަދި އެޗް އެންޑް އެމް ފަދަ ބްރޭންޑުތަކަށްވުރެ މާބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝީއިން އަކީ އަގު ހެޔޮ އަދި އެންމެ ފަހުގެ ޓްރެންޑުތަކަށް ބިނާ ކޮށްގެން އެކި ވައްތަރުގެ ޕްރޮޑަކްޓު އުފައްދާ ބްރޭންޑެކެވެ. އަދި މިހާރު އެއީ 10 ބިލިއަން ޑޮލަރުގެ އަގުހުރި ބްރޭންޑެކެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.