Thu, 8 December, 2022, 10:02 am

ބޮޑުކަމުދާ ތަކެތި ވިއްކައިގެން އަހަރަކު 180،000 ޑޮލަރު! ދިވެހިންނަށް ވެސް ފުރުސަތު އެބަ އޮތް

މިއީ މީގެ ދުވަސްކޮޅެއް ކުރިން ޓިކްޓޮކްގައި އަންހެނަކު ޕޯސްޓުކުރި ވީޑިއޯ އެކެވެ. ވީޑިއޯގެ ކެޕްޝަންއަކަށް ޖަހާފައި އިނީ “ބޮޑުކަމުދާ ތަކެތި ހަދިޔާކޮށްގެން އާމްދަނީ ހޯދަން ބޭނުންހެއްޔެވެ؟” މިހެންނެވެ. 170،000 ހާ މިީހުން އެ ވީޑިއޯ ބަލާފައިވާއިރު އެ އަންހެން މީހާ ވީޑިއޯގައި ބުނެފައިވަނީ ދިރާސާކުރާ ސައިންސްވެރިންތަކަކަށް ބޮޑުކަމުދާ ތަކެތި ވިއްކައިގެން އޭނާ އަހަރެއްގެ މައްޗަށް 180،000 ޑޮލަރުގެ އާމްދަނީ އެއް ހޯދާ ކަމަށެވެ.

އޭނާ ބޮޑުކަމުދާތަކެތި ވިއްކަނީ ހިއުމަންމައިކްރޯބްސް ކިޔާ ދިރާސާކުރާ ކުންފުންޏަކަށެވެ.

ހިއުމަން މައިކްރޯބްސް އޯގަނައިޒޭޝަނަކީ މައިކްރޯބަޔޮމްއާއި އޭގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ކުރާ އަސަރުތަކަށް ދެނެގަންނަން ދިރާސާ ހަދާ ސައިންސްވެރިންތަކެއް ހިންގާ ސްޓޫލް ޑޯނާ ނެޓްވޯކެކެވެ. މި ދިރާސާތަކުގެ މަގުސަދަކީ ފީކަލް މައިކްރޯބަޔޮޓާ ޓްރާންސްޕްލާންޓޭޝަން (އެފްއެމްޓީ) ހަދަންޖެހޭ ބަލިމީހުންގެ ފަރުވާއަށް ބޭނުންވާ ކެޕްސޫލް ނުވަތަ “ޕޫޕް ޕިލްސް” ތައްޔާރުކުރުމެވެ.

އެމެރިކާ އަދި ކެނެޑާގައި ގާއިމުވެ ހިންގާ މި ނެޓްވޯކުން ބުނާ ގޮތުން ދުނިޔޭގެ ހުރިހާ ގައުމުތަކުގެ ޑޯނަރުންގެ އަތުންވެސް ބޮޑުކަމުދާ ތަކެތި ގަންނަން އެ މީހުން ތިބި ތައްޔާރަށެވެ. އަދި އެހެން ގައުމަތަކުން ހަދިޔާކުރާ ބޮޑުކަމުދާ ތަކެތި ޑްރައި އައިސްގައި ބަންދުކޮށްގެން ޝިޕް ކުރެވޭ ގޮތް ހަދައިދޭންވެސް ތައްޔާރަށް ތިބި ކަމަށް ބުންޏެވެ.

ސައިންސްވެރިންގެ މި ނެޓްވޯކުގެ މަގުސަދަކީ އެފްޓީއެމްއަށް ބޭނުންވާ ކެޕްސޫލް ތައްޔާރުކުރުމަށް މުޅި ދުނިޔެއިން ދުޅަހެޔޮ ޑޯނަރުންތަކެއް ހޯދައި އެފްއެމްޓީ ފަރުވާ ބޭނުންވާ ބަލިމީހުންނަށް މަތީ ފެންވަރުގެ ފަރުވާ ހޯދައިދީ އެއީ އަގުހެޔޮ ފަރުވާއެއް ގޮތުގައި ދެމެހެއްޓުމެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.