Thu, 8 December, 2022, 1:50 pm

ކިމް ޖޮންގް އުންގެ އަންހެން ދަރިފުޅު ފުރަތަމަ ފަހަރަށް ދައްކާލައިފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ދަރިކަނބަލުން ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.

އުތުރު ކޮރެއާ ސަރުކާރުގެ މީޑިއާތަކުން ހިއްސާކުރި ދެ ފޮޓޯގައި ފެންނަނީ ކިމް އަދި ދަރިކަނބަލުން، މިސައިލް ލޯންޗިން ސައިޓެއްގައި ހުއްޓިގެން ތިބޭ ތަނެވެ.

އެ ފޮޓޯތަކަކީ މިދިޔަ ހުކުރު ދުވަހު އުތުރު ކޮރެއާއިން ލޯންޗުކުރި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ލޯންޗުކުރުމުގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކެކެވެ. އެއީ މި މަސްތެރޭގައި އެ ބާވަތުގެ މިސައިލް ލޯންޗުކުރި ދެވަނަ ފަހަރު ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.

އެ ކުއްޖާގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް، އޮބްޒާވަރުން ގަބޫލުކުރާ ގޮތުގައި އޭނާއަށް ކިޔަނީ ކިމް ޖޫ އޭ އެވެ. އުތުރު ކޮރެއާގެ އެންކޭ ނިއުސްގެ މުވައްޒަފެއް ކަމަށްވާ ޝްރެޔާސް ރެޑީ ވިދާޅުވި ގޮތުގައި މިއީ ކިމްގެ އެއްވެސް ދަރިއެއްގެ ވާހަކަ ދައުލަތުގެ މީޑިއާތަކުން ދެއްކި ފުރުތަމަ ފަހަރެވެ.

ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި ކިމްއަށް 2010 ވަނަ އަހަރާއި 2017 ވަނަ އަހަރު އިތުރު ދެ ދަރިޔަކު ލިބިފައިވެ އެވެ. ނަމަވެސް އެ ކުދިންގެ ނަމާއި ޖިންސެއް ނޭނގެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.